ބީއެމްއެލްއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފި

ބީއެމްއެލްއިން ގުރައިދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމްޑީއޭ) އާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފިއެވެ.

މިދުވަސް ފާހަގަ ކުރުމަށް ކ. ގުރައިދޫގައި ކުޑަކުދިންގެ ހަވީރެއް ވަނީ ބާއްވާފައެވެ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން 200އަށް ވުރެ ގިނަ ބައިވެރިން ވަނީ މި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެފައެވެ.

ބީއެމްއެލްއިން ގުރައިދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

އެމްޑީއޭއިން ކުރިޔަށް ގެންދިޔަ މި އިވެންޓުގެ މަގްސަދަކީ ޑެފް ކޮމިއުނިޓީއާއި އާންމު ރައްޔިތުން ގުޅުވާލައި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް އިން އިމާދުއްދީން ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ގިފްޓް ޕެކެ ހަދިޔާ ކުރުމުގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭންކުންވަނީ އިމާދުއްދީން ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ގިފްޓް ޕެކެއް ވެސް ހަދިޔާކޮށްފައެވެ.

comment ކޮމެންޓް