ނަސީބުވެރިއަކަށް 65 އިންޗީގެ ސްމާޓް ޓިވީއަކާއެކު އެލައިޑުން ޚާއްސަ ޕްރޮމޯޝަންތަކެއް

ގަތަރު ފީފާ ވޯލްޑުކަޕް 2022 - އިކުއަޑޯ އަދި ގަތަރު ބައްދަލުކުރި މެޗު - ވެލެންސިއާގެ ދެވަނަ ލަނޑާއެކު އިކުއަޑޯގެ ސަޕޯޓަރުން އުފާ ފާޅުކުރަނީ -- ފޮޓޯ/ ގެޓީ އިމޭޖަސް

އަގުހުރި އިނާމުތަކާއެކު އެލައިޑް އިންޝުއަރެންސުން ވޯލްޑް ކަޕަށް ޚާއްސަ ޕްރޮމޯޝަންތަަކުގެ ތެރެއިން އިތުރު ޕްރޮމޯޝަނެއް ހުޅުވައިލައިފިއެވެ.

މި ޕްރޮމޯޝަންތައް ކުރިއަށްދަނީ އެލައިޑުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމްތަކުގައެވެ.

އެގޮތުން ފޭސްބުކް، ޓްވީޓާ އަދި އިންސްޓަގްރާމްގައި ވެސް ޚާއްސަ ޕްރޮމޯޝަންތައް ކުރިއަށްދާނެއެވެ.

އެގޮތުން ފޭސްބުކްގައި ކުރިއަށްގެންދަނީ "ގެސް ދަ ސްކޯ"ގެ ނަމުގައި ކޮންމެ ދުވަހަކު ވެސް އިނާމެއް ދޫކުރާ ޕްރޮމޯޝަނެކެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް އެ ދުވަހު އޮންނާނެ މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ އެއް މެޗެއްގެ ސްކޯ ދިމާކުރަން ފޭސްބުކަށް ޕޯސްޓެއް ލާނެއެވެ.

ސްކޯ ގެސް ކުރެވޭނީ މެޗު ފެށެންދެންނެވެ. ނަސީބުވެރިން ހޮވާނީ ޖެހިގެން އަންނަ ދުވަހެވެ. ސްކޯ ދިމާކޮށްގެން ނަސީބުވެރި ފަރާތަކަށް އެލައިޑުން ދެނީ ޝްވެކް ސިނަމާގެ ފަރާތުން ދޫކުރާ ދެ ޓިކެޓެވެ.

ޓްވީޓާގައި ކުރިއަށްދަނީ "ހޫ ވިލް ވިން"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މިއީ ވެސް ކޮންމެ ދުވަހަކު ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

އެގޮތުން ޓްވީޓާގައި ދޭނީ ފޭސްބުކްގައި ނުދޭ މެޗެކެވެ. އޭގައި ޖެހޭނީ މޮޅުވާނެ ޓީމެއް ކޮމެންޓުކުރާށެވެ. ޕޯސްޓު ލުމާއެކު މެޗު ފެށެންދެން ކޮމެންޓުކުރެވޭނެއެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ވެސް ޝްވެކް ސިނެމާގެ ފަރާތުން ދޫކުރާ މި ދެ ޓިކެޓު ވެސް ލިބޭނެއެވެ.

އެންމެ ޝައުގުވެރިކޮށް ކުރިއަށް ގެންދަނީ އިންސްޓަގްރާމްގައި އޮންނަ ޕްރޮމޯޝަނެވެ.

މި ޕްރޮމޯޝަނަކީ ވޯލްޑްކަޕް ނިމެންދެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ނަސީބުވެރިޔާ ހޮވާނީ ވޯލްޑްކަޕް ނިމުނީމައެވެ.

އެގޮތުން އިންސްޓަގްރާމުގެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ސްޓޯރީ ވޯލްޑްކަޕްގެ ފޯރި ދައްކުވައިދޭ ފޮޓޯއެއް ސްޓޯރީއަށް އަޕްލޯޑުކޮށްގެންނެވެ.

ފޮޓޯ ސްޓޯރީއަށް ލާންވާނީ އެލައިޑް އިންޝޫރަންސް ޓެގްކޮށްފައެވެ. ކޮންމެ ސްޓޯރީއަކީ ޕްރޮމޯޝަނުގައި ބައިވެރިވުމަށް ލެވޭ އެންޓްރީއެކެވެ.

އެެހެންކަމުން ކިތަންމެ ގިނައިން ވެސް ސްޓޯރީ ލެވޭނެއެވެ. އެއާއެކު ތީމާ ގުޅޭ ސްޓޯރީއެއްނަމަ ލަކީޑްރޯއަށް އެ އެކައުންޓެއް ލާނެއެވެ.

މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރިއަކަށް ލިބެނީ 65 އިންޗީގެ ސްމާޓް ޓީވީއެކެވެ.

comment ކޮމެންޓް