ކޮންމެ ދުވަހަކު ބަދަން ނުކައި ދޫކޮށްލެވޭކަށް ނެތް!

ކޮންމެ ދުވަހެއްގެ ޑައިޓަށް ބަދަނުގެ އިތުރުން އެކި ކަހަލަ ހަވާދު އަދި ފަތްޕިލާވެލީގެ ބާވަތްތައް އިތުރު ކުރާނަމަ މީހާގެ ސިއްހަތަށް ރަނގަޅު ބަދަލެއް އައުމުގެ އިތުރުން ގޮހޮރުގެ ސިއްހަތު ދުޅަހެޔޮކަން މަތީ ހުރުމަށް އެހީތެރިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޕެންސިލްވޭނިޔާ ސްޓޭޓް ޔުނިވާސިޓީ އިން ކުރިއަށް ގެންދިޔަ ދެ ދިރާސާއަކުން އެނގުނު ގޮތުގައި ކޮންމެ ދުވަހަކު 28 ގްރާމްގެ ބަދަނާއި ސައި ސަމުސަލެއްގެ ސްޕައިސް އަދި ހާބްސް ކެއުމުގައި ބޭނުން ކުރާ ނަމަ ގޮހޮރުގައި ބެކްޓީރިއާ އުފެދޭ މިންވަރު ކުޑަވެ މީހާގެ ދުޅަހެޔޮކަން އިތުރުވެއެވެ.

އިންސާނާގެ ގޮހޮރަކީ އެތައް ޓްރިލިއަން މައިކްރޮއޯގަނިޒަމް ދިރިއުޅޭ ތަނެކެވެ. އަދި މި ބެކްޓީރިއަލް މައިކްރޮއޯގަނިޒަމް އަކީ ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ވެސް އެކި ކަހަލަ އަސަރު ކުރުމުުގެ ބާރު ހުރި ބެކްޓީރިއާތަކެކެވެ.

"ރަނގަޅު ޑައިޓެއް ގެންގުޅޭ ނަމަ ގޮހޮރުގައި ބެކްޓީރިއާގެ ޑައިވާސިޓީ އިތުރުވާނެ. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކަމެއް. އެހެންވީމާ ބެކްޓީރިއާ އިތުރު ކުރަން ޑައިޓެއް ގެންގުޅެންވީ،" ޔުނިވާސިޓީގެ ނިއުޓްރީޝަން ސައިންސްގެ ޕްރޮފެސަރެއް ކަމަށްވާ ޕެނީ އެމް ކްރިސް އެތަޓޮން ފާހަގަކުރިއެވެ.

އޭނާ ފާހަގަކުރިގޮތުގައި ކޮންމެ ދުވަހަކު ބަދަނާއި ސްޕައިސް އަދި ހާބްސް ޑައިޓުގައި ބޭނުން ކުރުމަކީ ވަރަށް ފަސޭހަ ވާނެ ކަމެކެވެ. އެގޮތުން އަސޭމިރުހާއި ދިރި އަދި ފޮނިތޮށި ފަދަ ތަކެއްޗަކީ ދިވެހީން އާންމުކޮށް ކައި އުޅޭ އެއްޗެއްސަށް ވާއިރު މިއީ ކޮންމެ ދުވަހެއްގެ ޑައިޓަށް އިތުރު ކުރަން ވަރަށް ފަސޭހަ ވާނެ އެއްޗެއްސެވެ. އަދި ހާބްސްގެ ގޮތުގައި ހިމެނޭ ތައިމް އާއި ޕާސްލީ ފަދަ ތަކެއްޗެއްޗަކީ ވެސް ދިވެހި، ކެއުންތަކަށް އިތުރު ކުރަން ފަސޭހަ ވާނެ އެއްޗެއްސެވެ.

އަދި ކޮންމެ ދުވަހަކު ކާއިރު އެއް ސަމުދާ ބަދަން ވެސް ޑައިޓަށް އިތުރު ކޮށްލާށެވެ. މިއާއެކު މީހާގެ ހަށިގަނޑަށް ބޮޑެތި ފައިދާ ކުރާނެއެވެ.

comment ކޮމެންޓް