މާ ބޮޑަށް ސަމާލުކަން ލިބުމުން ޝޮ ގުއެސަންގް އޭނާގެ ފޯނު ނިއްވާލައިފި

ސައުތް ކޮރެއާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ ޝޯ ގުއެސަންގް އަށް މީސް މީޑިއާއިން ލިބެމުންދާ ސަމާލުކަމުގެ ސަބަބުން އޭނާގެ ފޯނު ނިންވާލައިފިއެވެ.

ސަންގް މިހެން ހެދީ ވޯލްޑް ކަޕުގެ މެޗެއްގައި އޭނާ ބެންޗުގައި އިންދާ ފެނުނު ވީޑިއޯއެއްގައި އޭނާގެ ރީތިކަން ފެނި މިލިއަނަކަށް ވުރެ ގިނަ މީހުން އޭނާއަށް އިންސްޓަގްރާމްގައި ފޮލޯ ކުރުމުންނެވެ. އެގޮތުން އެވީޑިއޯ ވެސް 7.3 މިލިއަން މީހުން ބަލާފައިވާއިރު މި ވީޑިޔޯއަށް ފަހު އެންމެ 20،000 ގައި ހުރި އެނާގެ ފޮލޯވަރުންގެ އަދަދު ވަނީ 1.6 މިލިއަންއަށް އިތުރުވެފައެވެ.

އެންމެ 24 އަހަރުގެ މި ހުނަރުވެރި ކުޅުންތެރިޔާއަށް އޭނާގެ ފޯން ނިއްވާލަން މަޖުބޫރުވީ ފޯނުން އަންނަ ނޯޓިފިކޭޝަންތަކުގެ ސަބަބުން ރޭގަނޑުގެ ހަމަ ނިދި އޭނާއަށް ނުލިބޭތީކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ ފުޓްބޯޅައަށް ފޯކަސް ކުރަން ރޭގަނޑު ރެސްޓު ކުރަން އުޅުނު ނަމަވެސް ފޯނުން އަންނަ މެސެޖުތަކާއި އަދި ނޯޓިފިކޭޝަން ތަކުގެ ސަބަބުން އޭނާއަށް އުނދަގޫވާ ކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮރެއާގެ މޮޑެލް ޖި މިނިޖޫ އާއި އޭނައާ ލޯބީގެ ގޮތުން ގުޅުން އޮންނަ ކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް، އެކަން އޭނާ ވަނީ ދޮގުކޮށްފައެވެ.

ސޮންގް ރީތިވެގެން ދިވެހި އެތަކެއް ޒުވާން އަންހެން ކުދިންވެސް މި ވީޑިއޯ މީސް މީޑިއާގެ މަންސަތައް މެދުވެރިކޮށް ޝެއާކޮށްފައިވެއެވެ.

ޝޮ ގުއެ ސަންގް ދަނީ މިއަހަރުގެ ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ސައުތް ކޮރެއާގެ ސްޓައިކަރު ވަނީ މިއަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު ތިން މެޗުގައި ދެ ގޯލް ޖަހައިފައެވެ. އަދި ކޮރެއާގެ ޓީމު ދެވަނަ ބުރަށް ދިޔުމުގެ ބޮޑު ހިއްސާއެއް އޭނާވަނީ އަދާކޮށްފައެވެ.

comment ކޮމެންޓް