ކުރީގެ އެކްޓަރު ފަރުދީން ޚާންގެ ފިލްމު ތިއޭޓަރުގައި ރިލީޒް ނުކުރަން ނިންމައިފި

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިޢުލާނުކުރި ފަރުދީން ޚާންގެ އެނބުރިއައުން ފާހަގަކުރާ ފިލްމު ސިނަމާތަކުގައި ރިލީޒް ނުކުރަން ނިންމައިފިއެވެ.

ސަންޖޭ ގުޕްތާ ޕްރޮޑިއުސްކުރާ މިފިލްމުގެ ނަމަކީ، "ވިސްފޮޓް"އެވެ. ފަރުދީންގެ އިތުރުން އެކްޓަރު ރިތޭޝް ދޭޝްމުކްވެސް ފިލްމުގައި މުހިއްމު ރޯލެއް ކުޅޭނެއެވެ. ސިނަމާތަކުގައި ފިލްމު "ވިސްފޮޓް" ރިލީޒްކުރުމުގެ ބަދަލުގައި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ސްޓްރީމިންގް ޕްލެޓްފޯމަކަށެވެ. ބޮކްސް އޮފީހުން ފިލްމު ރިލީޒްކުރުމަށް ބޭނުންވާވަރަށް އެއްބާރުލުން ނުލިބޭކަމަށް ޕްރޮޑިއުސަރު ސަންޖޭ ގުޕްތާ ބުނެފައިވާކަމަށްވެސް ބައެއް މީޑިއާތަކާއި ޙަވާލާދީ ރިޕޯޓުތައް ބުނެއެވެ. މިސަބަބާހުރެ ފިލްމު ސްޓްރީމްކުރަން ނިންމާފައިވާއިރު ސްޓްރީމްކުރަނީ ކޮން ޕްލެޓްފޯމްއަކުން ކަމެއް އަދި ހާމަކޮށްފައިނުވެއެވެ.

އަންނަ އަހަރު އޮންލައިން ޕްލެޓްފޯމްތަކަށް ދޫކޮށްލަން ރޭވިފައިވާ މިފިލްމަކީ، 2012ވަނަ އަހަރު ރިލީޒްވި ވެނެޒުއޭލަން ފިލްމު، "ރޮކް، ޕޭޕަރ، ސިޒާސް"ގެ ރިމޭކްއެވެ. ރިޕޯޓުތައް ބުނާގޮތުން ފަރްދީން ޚާން ފިލްމުގައި ފެންނާނީ ރިތޭޝްގެ ދަރިފުޅު ކިޑްނެޕްކުރާ ކުރާ މީހެއްގެ ރޯލްއިންނެވެ. ރިތޭޝް ފިލްމުގައި ފެނިގެންދާނީ ޕައިލެޓެއްގެ ރޯލްއިންކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިދެތަރިންގެ އިތުރުން ފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭގައި، ކްރިސްޓަލް ޑި ސޫޒާ، ޕްރިޔާ ބަޕަޓް، ސީމާ ބަޕަޓް އަދި ޝީބާ ޗައްޑާ ހިމެނެ ވެސް ހިމެނެ އެވެ. "ވިސްފޮޓް" އަކީ ސަންޖޭ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ.

އެކްޓަރު ފަރުދީން ޚާން އެންމެ ފަހުން ފެނިފައިވަނީ، 2010ވަނަ އަހަރު ރިލީޒްވި ފިލްމު "ދުލްހާ މިލްގަޔާ"އިންނެވެ. މިފިލްމަށްފަހު ފަރްދީންޚާންވަނީ ފިލްމު އިންޑަސްޓްރީއާ ދުރަށްޖެހި އަމިއްލަ ދިރިއުޅުމަށާއި ޢާއިލާއަށް އެކްޓަރުގެ ހުރިހާ ވަގުތެއް ހުސްކޮށްފައެވެ. މިމުއްދަތުގެތެރޭ ފަރުދީންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް ބެލުންތެރިންގެ ފާޑުކިޔުންތައްވެސް ފަރުދީނަށް އަމާޒުވެފައިވެއެވެ. އެހެންނަމަވެސް ކަސްރަތާއެކު ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބޮޑު ބަދަލެއް ގެނެސް އޭނާވަނީ ހަށިގަނޑުގެ ބަރުދަން ލުއިކޮށްފައެވެ. ފަރުދީން ޚާން ފިލްމު އިންޑަސްޓްރީއާއު ގުޅެން ނިންމިކަމަށް އިޢުލާނުކޮސްފައިވަނީ 2020ވަނަ އަހަރުއެވެ.

ފިލްމު "ވިސްޓޮފް"އިން ފިލްމީ ދާއިރާއަށް އެނބުރި އައި ފަރުދީން ޚާންއަށްވަނީ ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީސް "ހީރާ މަންޑީ"އިންވެސް ފުރުޞަތު ލިބިފައެވެ.

comment ކޮމެންޓް