ގާނާ އަތުން މޮޅުވި ނަމަވެސް އުރުގުއާއިއަށް މުބާރާތް ނިމިއްޖެ

އުރުގުއާއީ އަދި ގާނާ ބައްދަލުކުރި މެޗުގެ ތެރެއިން---

ފީފާ ވޯލްްޑްކަޕްގައި އުރުގުއާއީއިން ގާނާގެ މައްޗަށް ފަހު މެޗުގައި ކުރިހޯދި ނަމަވެސް، ދެވަނަ ބުރުގެ ޖާގައެއް ނުލިބި މުބާރާތް ނިންމާލަން ޖެހިއްޖެއެވެ.

އަލް ޖަނޫބް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގުރޫޕު އެޗްގެ ފަހު މެޗު އުރުގުއާއީއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ގާނާއިން ވަނީ ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. އުރުގުއާއީގެ އޭރިއާ ބޭރުން ޖޯޑަން އަޔޫ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ އުރުގުއާއީގެ ކީޕަރު ރޮޗެޓްއެވެ. ރޮޗެޓްގެ އަތުގައި ޖެހިފައި އައި ރިބައުންސް ބޯޅަ، ދެވަނަ ފަހަރަށް ފޮނުވާލަން ގާނާގެ މުހައްމަދު ކުޑޫސްއަށް ލިބުނެއެވެ.

އެހެންނަމަވެސް ކުޑޫސް ފޮނުވާލަން އުޅުނު ބޯޅައަށް ހުރަސް އެއެޅުމުގެ ތެރޭގައި، އުރުގުއާއީގެ ޕެނަލްޓީ އޭރިއާ ތެރެއިން ރޮޗެޓް ފައުލު ކުރިކަމަށް ނިންމައި، ރެފްރީ ވަނީ ގާނާއަށް ޕެނަލްޓީއެއް ދީފައެވެ.

މެޗުގެ 20 ވަނަ މިނެޓުގައި އަޔޫ ފޮނުވާލި ޕެނަލްޓީ، އުރުގުއާއިގެ ކީޕަރު ވަނީ ހުސިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

އުރުގުއާއީއިން މެޗުގައި ލީޑުނެގީ 26 ވަނަ މިނެޓުގައެވެ. މިއީ ގާނާގެ އޭރިއާތެރެއިން ލުއިސް ސުއަރޭޒް ފޮނުވާލި ބާރު ހަމަލާއެއް، ގާނާގެ ކީޕަރު އަޓި ޒިގީ އަތުގައި ޖެހިފައި ނުކުތުމުން، އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަރެސްކެޓާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 31 ވަނަ މިނެޓުގައި އުރުގުއާއީން ވަނީ އިތުރު ގޯލެއްޖަހައި ލީޑު ފުޅާކޮށްފައެވެ. މިއީ ލުއިސް ސުއަރޭޒް ދިން ޕާހަކުން އަރެސްކެޓާ ކާމިޔާބުކުރި ގޯލެކެވެ.

އުރުގުއާއީ އަދި ގާނާ ބައްދަލުކުރި މެޗުގެ ތެރެއިން---

މި މެޗުން މޮޅުވެ ތިން ޕޮއިންޓު ހޯދި ނަމަވެސް، ގާނާއަށް ދެވަނަ ބުރުގެ ފުރުސަތެއް ނުލިބުނީ، ޖެހި ލަނޑުގެ އަދަދު، ސައުތު ކޮރެއާ އަށްވުރެ މަދު ވީމައެވެ. ސައުތު ކޮރެއާއަށާއި އުރުގުއާއި އަށްވެސް ހަތަރު ޕޮއިންޓު ލިބުނުއިރު، ފައިދާ ގޯލުގެ ތަފާތުންވެސް ވަނީ އެއްވަރުވެފައެވެ. ސައުތު ކޮރެއާއިން މުބާރާތުގައި ޖުމްލަ ހަތަރު ލަނޑު ޖަހާފައިވާއިރު އުރުގުއާއިއަށް ޖެހުނީ އެންމެ ދެ ލަނޑެވެ.

ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކޮރެއާ ދެވަނަ ބުރަށް ދަތުރުކުރިއިރު އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ޕޯޗުގަލްއެވެ. ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ބަލިވީ، ފަހު މެޗުގައި ކޮރެއާ އަތުން އެކަންޏެވެ. ސައުތު ކޮރެއާ ގުރޫޕު ސްޓޭޖުގައި މޮޅުވީ ޕޯޗުގަލް އަތުން އެކަންޏެވެ.

މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖާއި ހަމައިން އުރުގުއާއި ވަކިވާން ޖެހުނުއިރު، އެންމެފަހުން އެޓީމަށް ގްރޫޕް ސްޓޭޖާއި ހަމައިން ވޯލްޑް ކަޕުގައި ވަކިވާން ޖެހުނީ 2002 ވަނަ އަހަރުއެވެ.

comment ކޮމެންޓް