ޓޮމް އާއި ޒެންޑެޔާ އެންގޭޖުވި ކަމަށް މި ދެކެވެނީ ކޮން ވާހަކައެއް؟

ހޮލީވުޑްގެ މިވަގުތު އެންމެ މަގުބޫލު ޒުވާން ޖޯޑު ކަމަށްވާ ޓޮމް ހޮލެންޑް އާއި ޒެންޑެޔާ އެންގޭޖުވި ކަމަށް ބުނެ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.

އިއްޔެ ހެދުނު ސޯޝަލް މީޑިއާ ހުޅުވާލި ނަމަ އެންމެ ގިނަ ބަޔަކަށް ފުރަތަމަ ވެސް ފެންނާނީ ޓޮމް ހޮލެންޑް އާއި ޒެންޑެޔާ އެންގޭޖުވި ކަމަށް ބުނެ ދެކެވުނު ވާހަކައެވެ. އެތެރޭގެ މަސްދަރަކަށް ކަށަވަރު ވެފައިވާގޮތުގައި ޒެންޑެޔާ އާއި ޓޮކް އެންގޭޖްވެގެން އުޅޭ ކަމަށް ބުނެ ބައެއް ބޮޑެތި އެކައުންޓުތަކުން ދިޔައީ ކިޔަމުންނެވެ.

ނަމަވެސް އެއިން އެއްވެސް ކަމެއް ކަށަވަރެއް ނުވެއެވެ. އެ ހުރިހާ ވާހަކަތަކެއް ދައްކަމުން ދިޔަ އިރު ފޭނުން ތިބީ ވަރަށް ބޮޑަށް އުފަލުން ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.

މިގޮތަށް ކަންތައް ވެގެން ދިޔައިރު މި ފާއިތުވި ދެ ހަފުތާއެއްގެ ތެރޭގައިވެސް ވަނީ ދެ މީހުންނާ ގުޅޭގޮތުން ވާހަކަތައް ފެތުރިފައެވެ. އެގޮތުން ދެމީހުންގެ އެކީގައި "ސެޓްލް ޑައުން" ވާން އުޅޭ ކަމަށް ބުނެ ވެސް ވާހަކަތަކެއް ވަނީ ދެކެވިފައެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ކަށަވަރު ވެފައެއް ނުވެއެވެ.

އެންމެފަހުން އިއްޔެ ވަނީ މި ވާހަކަތަކަށް ރައްދެއް ލިބިފައެވެ. އެގޮތުން މީޑިއާތަކުން އެ ވާހަކަތައް ވަނީ ދޮގު ކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ސްޕައިޑަމޭންގެ ޝޫޓިން ތެރެއިން ދިމާވެ ދެމީހުންގެ އެކުވެރިކަން ލޯތްބަށް ބަދަލުވިއެވެ. އެއަށްފަހު އެކީގައި އުޅޭ ކަމަށް މައުލޫމާތު ލިބުނު ނަމަވެސް ދެމީހުން އެކަން ކަށަވަރު ކޮށްދީފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. އަދި ދެމީހުންނަކީ ވެސް އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ޕަބްލިކް ކުރަން ބޭނުން ނުވާ ދެމީހުން ކަމަށް ވަނީ މީގެ ކުރިން ބުނެފައެވެ. އެހެންވީމާ ދެމީހުން އެންގޭޖް ވި ނަމަވެސް އެކަން އެނގެން ދުވަސްގަނޑެއް ނަގާނެއެވެ.

comment ކޮމެންޓް