ދިރިއުޅެން އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓުގައި މާލެއެއް ނެތް!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަގުތަކަށް ބަލައި، ދިރިއުޅެން އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓު ހާމަކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަގު އަންނަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންނެވެ. އެގޮތުން އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓް (އީއައިޔޫ) އިން ނެރުނު މިއަހަރުގެ ވޯލްޑްވައިޑް ކޮސްޓް އޮފް ލިވިންގެ ރިޕޯޓުން ހާމަވާގޮތުގައި މުޅި ދުނިޔޭގެ ކަންކޮޅުތަކުގައި ވެސް ދިރިއުޅުމުގެ އަގު ވަނީ އެވަރެޖުކޮށް 8.1 ޕަސެންޓް އިތުރުވެފައެވެ.

ދިރިއުޅުމުގެ ހާލަތު އަގުބޮޑުވުމަކީ ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ. ލިބޭ އާމްދަނީ ވެސް އެވަރެޖުކޮށް ކުޑައިރު ކެޕިޓަލްގައި ދިރިއުޅުމަކީ ހަރަދުބޮޑު ކަމެކެވެ. އެގޮތުން ސަބްލެޓުކޮށްގެނާ އެނޫން ވެސް ގޮތްގޮތަށް ކޮޓަރިތައް ހިފައިގެން މާލޭގައި އުޅެން ޖެހެނީ ދިރިއުޅުމުގެ އަގު ބޮޑުވުމުންނެވެ.

ނަމަވެސް ދުނިޔޭގެ ދިރިއުޅުން އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓުގައި ދިވެހި ރާއްޖެއެއް ނުހިމެނެއެވެ. މުޅި ލިސްޓުގެ ގަދަ 10 ގައި ގިނައީ ޔޫރަޕުގެ ސިޓީތަކެވެ. އެހެންވީމާ މި ލިސްޓުގައި ހިމެނެނީ ކޮން ގައުމުތަކެއްގެ ސިޓީތަކެއް ހެއްޔެވެ؟

ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ އެމެރިކާގެ ނިއު ޔޯކް އާއި ސިންގަޕޫރެވެ. ލިސްޓުގެ ދެވަނައިގައި އޮތީ އިޒްރާއީލުގެ ޓެލަވީވްއެވެ. އަދި ލިސްޓުގެ ތިންވަނައިގައި ހިމެނެނީ ޗައިނާގެ ހޮންގް ކޮންގް ކޮންގް އާއި އެމެރިކާގެ ލޮސް އެންޖެލެސް އެވެ. އެ ލިސްޓުގައި އިތުރަށް ހިމެނެނީ،
4. ޒޫރިކް، ސްވިޒަލޭންޑް

  1. ޖެނީވާ، ސްވިޒަލޭންޑް
  2. ސެން ފްރެންސިސްކޯ، އެމެރިކާ
  3. ޕެރިސް، ފްރާންސް
  4. ކޯޕެންހޭގަން، ޑެންމާކް
  5. ސިޑްނީ، އޮސްޓްރޭލިއާ
  6. ޝަންގާއި، ޗައިނާ
comment ކޮމެންޓް