ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަލަށް ތައާރަފުކުރި ސްމޯލް ގްރާންޓް ޕްރޮޖެކްޓުގެ ތެރެއިން އަށް ޖަމިއްޔާއަކަށް ފައިސާގެ އެހީ ދީފިއެވެ.
މި ޕްރޮޖެކްޓަކީ ބޭންކުގެ 40ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގި ހަރަކާތްތަކުގެ ތެރެއިން ތައާރަފުކުރި ޕްރޮޖެކްޓެކެވެ.
ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑަކީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ، ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ހިންގަން އެހީތެރިވުމަށްދޭ ފަންޑެކެވެ.
ސްމޯލް ގްރާންޓަށް ހޮވުނު ޖަމިއްޔާތައް:
1. މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައަންސް (އެމްއޯޕީއޭ)
2. ހުވަދޫ އެސޯސިއޭޝަން ފޯ ޓޫރިޒަމް (ހެޓް)
3. ވާދޫ އެސޯސިއޭޝަން ފޯ ފިއުޗާ ޑިވެލޮޕްމަންޓް (ވީއޭއެފްޑީ)
4. ކުމުންދޫ ރިވައިވަލް އިނީޝިއޭޓިވް (ކުރެވި)
5. ވިމެން އިން ފުވައްމުލައް
6. ސްމޯލް އައިލެންޑް ރިސާޗް ގްރޫޕް
7. ހުވަދޫ އެއިޑް
8. ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)
މި ފަންޑަށް އެދި ހުށަހެޅި ޕްރޮޖެކްޓުތަކުގެ ތެރެއިން ހޮވުނު ކޮންމެ ޕްރޮޖެކްޓެއް ކުރިއަށްގެންދިޔުމަށް ދޭނީ 250،000 ރުފިޔާއެވެ.
ބީއެމްއެލްއިން ގެންނަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން އާންމުންނަށް ފައިދާވާ ގިނަ ކަންތައްތަކެއްކޮށްދެމުންނެވެ.