އެސްޓީއޯއިން ''އެކުލަ މިކުލަ'' ޕްރޮމޯޝަން ފަށައިފި!

"އެކުލަ މިކުލަ" ޕްރޮމޯޝަން --- ސަން ފޮޓޯ: މުހައްމަދު ހައްޔާން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ނިޕޯން ޕެއިންޓަށް ޚާއްސަ "އެކުލަ މިކުލަ ޕްރޮމޯޝަން" ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 29 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ނިޕޯން ޕެއިންޓުގެ ކޮންމެ އުފެއްދުމަކުން ވެސް އަށް ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ހަމަ އެހެންމެ، ނިޕޯންގެ އުފެއްދުންތައް ގަންނަ ފަރާތްތަކަށް ކޮންމެ ވިޔަފާރިއަކާއެކު 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭ ކޫޕަނެއް ވެސް ލިބޭނެއެވެ. މި ކޫޕަން އެހެން ވިޔަފާރިއެއް ކުރާއިރު ބޭނުންކުރެވޭނެއެވެ.

"އެކުލަ މިކުލަ" ޕްރޮމޯޝަން ކުރިއަށް ގެންދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް، އެސްޓީއޯ ހުޅުމާލެ ފިހާރަ އަދި އެސްޓީއޯ ލ. ފޮނަދޫ ފިހާރަގައެވެ.

"އެކުލަ މިކުލަ" ޕްރޮމޯޝަން --- ސަން ފޮޓޯ: މުހައްމަދު ހައްޔާން

މި ޕްރޮމޯޝަންގެ އަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހު އެސްޓީއޯއިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެކި އަހަރުތަކުގައި އެކި ނަންނަމުގައި މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވީ ނަމަވެސް، މި ޕްރޮމޯޝަނަކީ ވަރަށް ވެސް ކާމިޔާބު ޕްރޮމޯޝަނެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެގޮތުން މި އަހަރުގެ ޕްރޮމޯޝަނުގެ ވެސް މަގުސަދަކީ އަގުހެޔޮކޮށް އެންމެ ކޮލެޓީ ކުލަ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ އިން އެތެރެކޮށް ވިއްކަމުން އަންނަ ނިޕޯން ޕެއިންޓަކީ ރާއްޖޭގެ އެއްވަނަ ދަވާދު އަދި ކުލަ ބްރޭންޑެކެވެ.

comment ކޮމެންޓް