ވަގު ޑޮލަރުން ވިޔަފާރިކުރުން: ތިން ޒުވާނުންގެ ބަންދަށް 40 ދުވަސް

މީހަކު ޑޮލަރުތަކެއް ގުނަނީ: ވަގު ޑޮލަރުން ވިޔަފާރި ކުރި މީހުންގެ ބަންދަށް ވަނީ 40 ދުވަސް އިތުރު ކޮށްފަ ---ސަން ފައިލް ފޮޓޯ// މުހައްމަދު އަފްރާހް

ސައްހަނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ކުރަމުންދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް 40 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ އިތުރު ކޮށްފިއެވެ.

ފުޅާ ދާއިރާއެއްގައި ވަގު ޑޮލަރުން ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ހައްޔަރުކުރި ތިން މީހުން:

  1. ހުސައިން ޒައިދާން އަލީ, 23އ. އިރަމާގެ/ ސ. ހުޅުދޫ
  2. ޝަފުރާ އަބްދުالله އާދަމް, 24އ. ދިލާވަރުގެ/ ގދ. ގައްދޫ
  3. އަބްދުالله ނަޝީލް, 21އ. ސީވޭވް/ ސ. ހުޅުދޫ

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ މީހުން ހައްޔަރު ކޮށްފައިވަނީ ހުޅުމާލެއިންނެވެ.

އެ މީހުންގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން އިތުރުކޮށްފައިވަނީ ފަސް ދުވަހެވެ. އެ މުއްދަތު އިއްޔެއަށް ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ ވަނީ އެ މީހުންގެ ބަންދަށް 40 ދުވަސް އިތުރު ކޮށްދީފައެވެ.

މި ފަހަކަށް އައިސް މަކަރާ ހީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ހެޔޮ އަގުގައި ޑޮލަރު ވިއްކާނެ ކަމަށް ބުނެ ފައިސާ ހޯދުމަށްފަހު ލަނޑުދިނުމުގެ މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް