މެކްޑޮނަލްޑްސްގެ ޔުނިފޯމް ހައި ފެޝަނަށް!

މެކްޑޮނަލަޑްސްގެ ޔުނިފޯމް ހައި ފެޝަން ކޮންސެޕްޓަށް ހަދާފައި، މި ސްޓައިލްތައް މުވައްޒަފުންނަށް މިހާރު ލެވޭނެ —-

ފިންލެންޑްގެ ކުންފުންޏަކުން، މަޝްހޫރު ފާސްފުޑް ފްރެންޗައިޒް މެކްޑޮނަލްޑްސްގެ ޔުނިފޯމު ބަދަލުކޮށް، ހައި ފެޝަނަކަށް ހަދައިފިއެވެ.

ފިންލެންޑުގެ ކުންފުންޏެއް ކަމަށްވާ ވެއިން އާއި މެކްޑޮނަލްޑްސް ގުޅިގެން ވަނީ އެކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ޔުނިފޯމުތަކެއް ތައާރަފުކޮށްފައެވެ. އަގުބޮޑު ފެޝަން ޝޯތަކުން ފެންނަ ޑިޒައިންތަކަށް ހަދާފައިހުރި ޔުނިފޯމަކީ އަޕްސައިކަލްކޮށްފައިވާ މެޓީރިއަލްތަކުން ހަދާފައިވާ ޔުނިފޯމްތަކެކެވެ.

ކުރިން ހުރި އާދައިގެ ގަމީހާއި ފަޓުލޫނުގެ ބަދަލުގައި ސޮލިޑް ކުލަތަކުގެ ހުޑީ އާއި ހެދުންތަކުގެ އިތުރުން މިނި ސްކާޓް އާއި އެހެނިހެން ޑިޒައިންތައް އާ ޔުނިފޯމްގައި ހިމެނެއެވެ.

އެ ކުންފުނިން އާ ޑިޒައިން ތައްޔާރުކުރުމުގައި ވިސްނާފައިވަނީ ޒުވާނުންގެ ފެޝަނާއި ޒުވާނުންނަށް ކަމުދާނެ ޓްރެެންޑުތަކަށް ކަމަށް އެކުންފުނިން ބުނެއެވެ.

އަލަށް ފަރުމާކުރި ޑިޒައިންތަކުގެ ތެރޭގައި ޖުމްލަ 27 ތަފާތު ޔުނިފޯމް ޑިޒައިން ހިމެނޭނެއެވެ. މިއިން ކޮންމެ ޑިޒައިނަކީ ވެސް ފިންލެންޑުގެ މެކްޑޮނަލްޑްސް އައުުޓްލެޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭނުންކުރެވޭނެ ޑިޒައިނެކެވެ. މިއިން ކޮންމެ ޑިޒައިނަކީ ވެސް ޒުވާނުން ލާ ހިތްވާނެ "ފަން" ޑިޒައިންތަކެއް ކަމަށް ވެއިންގެ ރިޕްރެޒެންޓެޓިވް އެއް މައުލޫމާތު ދެއެވެ.

މި ޑިޒައިންތަކަށް އާންމުންގެ ފަރާތުން ވެސް އަންނަނީ ތަރުހީބު ލިބެމުންނެވެ. އެގޮތުން ޓިކްޓޮކުގައި ޒުވާނުންގެ މެދުގައި މި ޑިޒައިންތައް ވަނީ ވަރަށް ގަދައަށް ވައިގައި ހިފާފައެވެ.

comment ކޮމެންޓް