ލަވޭރާއިން ވޯލްޑް ކަޕުގެ ކޮންމެ ޓީމަކަށް ޚާއްސަ ޕިއްޒާއެއް!

ފޭވަރިޓް ޓީމް ރަމްޒުވާފަދަ ޕިއްޒާއެއް ލަވެރާއިން ޑިޒަައިން ކޮށްފަ ---

ވޯލްޑް ކަޕުގެ ފޯރިގަދަ ކުރުމަށް ތަފާތު ޕިއްޒާއެއް ކެއުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޓަކައި ލަވޭރާއިން ޚާއްސަ ޕްރޮމޯޝަންތަކެއް ފަށައިފިއެވެ.

ލަވޭރާގެ ފުރަތަަމަ ޕްރޮމޯޝަންގެ ދަށުން، އެ މީހަކު އެންމެ ތާއީދު ކުރާ ޓީމެއްގެ ޕިއްޒާއެއް ރަމްޒުކޮށްދޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތަށް ޕިއްޒާއެއް ހޯދުމަށް، ތާއިދު ކުރާ ޓީމެއްގެ ނަމާއެކު، ލަވޭރާގެ ނަންބަރު 3335554އަށް ގުޅައިގެން އޯޑަރު ދޭނީއެވެ.

ލަވޭރާއިން އެ ޕިއްޒާއެއް ހިލޭ ގެއަށް ޑެލިވާ ކޮށްދޭނެއެވެ.

ފޭވަރިޓް ޓީމް ރަމްޒުވާފަދަ ޕިއްޒާއެއް ލަވެރާއިން ޑިޒަައިން ކޮށްފަ ---

މީގެ އިތުރުން، ބައެއް މެޗުތަކަށް ލަވޭރާ އިން ދަނީ "ގިވްއަވޭ"އެއްގެ ގޮތުގައި ޓީމުތައް ރަމްޒުވާފަދަ ޕިއްޒާތައް ހިލޭ ދެމުންނެވެ. މި ޕިއްޒާތައް ހޯދުމަށް ލަވޭރާގެ ފޭސްބުކް ޕޭޖްގެ މި ފަދަ ޕޯސްޓްތަކަށް ލައިކްކޮށް، ކޮމެންޓްކޮށް، ޝެއާ ކުރުމުން ގުރުއަތެއްގައި ބައިވެރިވެވޭނެއެވެ. އަދި ގުރުއަތުން ހޮވޭ މީހަކަށް ޕިއްޒާ ގެންގޮސްދޭނެއެވެ.

މި ޕްރޮމޯޝަންގެ އިތުރުން، "ސަން" އޮންލައިން އާ ގުޅިގެން ކޮންމެ މެޗެއްގެ ސްކޯ ދިމާކޮށްގެން އެމީހަކު ބޭނުން ރަހައެއްގެ ޕިއްޒާއެއް ހޯދުމުގެ ފުރުސަތުވެސް ލަވޭރާއިން ވަނީ ހުޅުވާފައެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ސަން ޖެހުމަށް ފަހު ދެ ޓީމުގެ ނަމާއި ސްކޯ ޖެހުމަށްފަހު 2747 އަށް އެސްއެމްއެސް ކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެެވެ.

މި ހުރިހާ ޕްރޮމޯޝަންތަކަކީ ވެސް ވޯލްޑް ކަޕަށް ދިވެހިންގެ މެދުގައި އޮންނަ ފޯރި ގަދަ ކުރުމުގެ ގޮތުން ލަވޭރާއިން ހިންގަމުން އަންނަ ޕްރޮމޯޝަންތައް ކަމަށް ލަވޭރާއިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު