އިޓަލީގެ ޔުވެންޓަސްގެ ރައީސާއެކު ޓީމުގެ ބޯޑު އިސްތިއުފާ ދީފި

ޔުވެންޓަސްގެ ވެރިން --

އިޓަލީ ފުޓުބޯޅައިގެ ގަދަބާރު، ޔުވެންޓަސްގެ ރައީސް، އަންދްރެއާ އަގްނެލީ އާއި ނައިބު ރައީސް ޕަވެލް ނެޑްވެޑުގެ އިތުރުން ކުލަބުގެ ހުރިހާ ބޯޑު މެމްބަރުން އިސްތިއުފާދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޑުގެ މެނޭޖިންގް ޑިރެކްޓަރ މައުރީޒިއޯ ވެސް ވަނީ އިސްތިއުފާ ދީފައެވެ.

މި ނިންމުން ބޯޑުން ނިންމާފައި ވަނީ 28 ވަނަ ދުވަހު ބޭއްވި "އެކްސްޓްރާ އޯޑިނަރީ" ބޯޑު މީޓިންގް އެއްގައި ކަމަށްވެއެވެ.

ކުއްލިއަކަށް މިކަން ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، މި ދުވަސްވަރަކީ ވޯލްޑް ކަޕާއި ގުޅިގެން އައި އިންޓަނޭޝަނަލް ބްރޭކު ކަމަށް ވުމުން، މިކަން ހިނގައިދިޔަ ގޮތް ބޭރުގެ މީޑީއާ ތަކާއި ކުޅިވަރު ނޫސްވެރިންނަށް ވެސް އަދި ދެނެގަނެވިފައެއް ނުވެއެވެ.

މިކަން އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ އިޓަލީގައި ހުންނަ ގޯލް މީޑިއާގެ ނޫސްވެރިއެކެވެ. އޭނާގެ ފަހުން ދުނިޔޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ، ފެބްރީޒިއޯ ރޮމާނޯ ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ފެބްރީޒިއޯ އަކީވެސް އިޓަލީ އަށް ނިސްބަތްވާ ނޫސްވެރިއެކެވެ.

މެނޭޖިން ޑިރެކްޓަރު މައުރީޒިއޯ އަރިވަބެނޭ އިސްތިއުފާ ދިން ނަމަވެސް، އިދާރީ މަސްއޫލިއްޔަތުތަކާ ހަވާލުވެ ހުންނާނެ ކަމަށް ބެލެވޭއިރު، މެނޭޖްމަންޓް ޓްރާންސިޝަން ޕީރިއަޑުގައި އެކަންކަން ކުރިއަށް ގެންދާނީ މައުރީޒިއޯގެ ބެލުމުގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު މިހާރު އެތައް މަހެއް ވަންދެން ކްލަބުގައި ތާށިވެފައި އޮތް ޕްލަސްވެލެންޒާ ޑީލިންގެ ތަހުގީގު އަދިވެސް ވަރަށް ގިނަ އެވެ.

ޔުވެންޓަސްގެ ރައީސް، ނައިބު ރައީސް އަދި މުޅި ބޯޑު އިސްތިއުފާ ދިން އިރު، އެ ފަރާތްތަކާއި ދެކޮޅަށް ހިޔާނާތުގެ މައްސަލައެއް، ޓޫރިން ޕަބްލިކް ޕްރޮސެކިއުޓާސް އޮފީހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޔުވެންޓަސްގެ ވެރިންނަށް ކުރެވޭ ތުހުމަތު ތަކުގެ ތެރޭގައި، އެކައުންޓިންގައި އޮޅުވާލުންތަކެއް ހުރުން ހިމެނެއެވެ.

ޔުވެންޓަސްގެ ރައީސް ކަމުން އަގްނެލީ އިސްތިއުފާ ދިން އިރު، އޭނާ ޔުވެންޓަސްގެ ބޯޑުގައި އިންނަތާ 10 އަހަރު ދުވަސް ވެއްޖެއެވެ.

comment ކޮމެންޓް