ބޮލީވުޑް ފިލްމު އުފައްދާ މިލިޕް ޒާވެރީއަށް އަސްލު ރައްޓެހިން އެނގުނީ އޭނާގެ ފިލްމު 'ސަތުޔަމޭވް ޖަޔަތޭ 2' ފެއިލްވުމުން ކަމަށް އޭނާ ބުނެފިއެވެ.
މިލިޕް ޒާވެރީގެ އެންމެ ފަހުގެ އުފެއްދުމަށް ބޮކްސް އޮފީހުން ތަރުހީބެއް ނުލިބުނު އިރު، ކްރިޓިކުންވެސް އެ ފިލްމަށް ދިނީ ތަފާތު ރިވިއުތަކެވެ.
ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި މިލިޕް ބުނީ އެ ފިލްމުގެ މަސައްކަތް އޭނާ ކުރީ އެއީ އޭނާގެ އަމިއްލަ ދަރިއެއް ގޮތަށް ދެކިގެން ކަމަށެވެ. އަދި އެ ފިލްމު ފެއިލްވުމާ ގުޅިގެން އޭނާގެ ހަޔާތަށް އަނދިރިކަން އައި ކަމަށާއި އެ ދުވަސްވަރު އަސްލު ރައްޓެހިން އެނގުނު ކަމަށް އޭނާ ބުންޏެވެ.
މިލިޕް ބުނި ގޮތުގައި އޭނާއަށް އެހީތެރިވެ، ހިތްވަރުދިނީ އެކްޓަރު ރިތޭޝް ދޭޝްމުކް އާއި އޭނާގެ އަންހެނުން ޖިނީލިއާ ޑިސޯޒާ އާއި އެކްޓަރު ޝާދު ރަންދަވާ އާއި ޕްރޮޑިއުސަރު ބުޝަން ކުމާރުއެވެ.
"އަހަންނަނަށް އަހަރެންގެ އަސްލު ރައްޓެހިން އެނގުނު. އެމީހަކު ކާމިޔާބު ވާނަމަ އެންމެންނަކީ ރައްޓެހިން. އަދި ހެޔޮއެދޭ މިހުން. އެކަމަށް ފެއިލް ވާއިރު އަސްލު ރައްޓެހިން ފެންނާނެ. އެދުވަސްވަރު ސަޕޯޓްކުރާ ނަމަ އެއީ ހަގީގީ ރައްޓެހިންނަކީ،" މިލިޕް ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އެ ފިލްމު ފެއިލް ވުމަކީ އޭނާއަށް ލިބުނު އިބުރަތެކެވެ.
މިލިޕްގެ 'ސަތުޔަމޭވް ޖަޔަތޭ 2' ރިލީޒްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގައެވެ. އޭގެ ފުރަތަމަ ފިލްމު ނެރުނު 2018ގައެވެ.