ޖޭލޯ ސޯޝަލް މީޑިއާ ހުސްކުރީ މިއުޒިކް ޕްރޮމޯޓުކުރަން

މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އޭނާގެ ސޯޝަލް މީޑާގެ ޕޯސްޓުތައް ޑިލީޓުކޮށްލާފައިވަނީ އޭނާގެ އާ މިއުޒިކް ޕްރޮމޯޓު ކުރުމަށް ކަން، އޭނާ ހާމަކޮށްފިއެވެ.

މިދިޔަ ހަފުތާގައި ޖޭލޯ ވަނީ އޭނާގެ ހުރިހާ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގެ ޕްރޮފައިލް ފޮޓޯ ހުސް ކަޅު ފޮޓޯއަކަށް ހަދާފައެވެ. އަދި އިންސްޓަގްރާމަށް ކަޅު ކުލައިގެ ފޮޓޯއެއް ޕްރޮފައިލްއަށް ލައި ކުރިން ލާފައި ހުރި ހުރިހާ ފޮޓޯއެއް ވަނީ ނަގައިފައެވެ.

ޖުމްލަ 226 މިލިއަން ފޮލޮވަރުން ހިމެނޭ އިންސްޓަގްރާމް އެކައުންޓުގައި އެއްވެސް ޕޯސްޓެއް ނެތުމުން އެކަމާ ގުޅޭގޮތުން ފޭނުން އަންނަނީ ސުވާލުތައް އުފައްދަމުންނެވެ. ނަމަވެސް އެންމެ ފަހުން މި ސުވާލުތަކަށް މިއޮތީ ޖަވާބެއް ލިބިފައެވެ. ޖޭލޯގެ ޕޯސްޓުތައް ޑިލީޓުކޮށްފައި ވަނީ އޭނާގެ އާ މިއުޒިކް ޕްރޮމޯޓް ކުރުމަށެވެ.

View this post on Instagram

A post shared by Jennifer Lopez (@jlo)

ޖޭލޯ ރެޑީ ވަނީ އާ ސިންގަލް އެއް ނެރުމަށެވެ. މި ސިންގަލް އަކީ ޖޭލޯ ދެން އެންމެ އަވަހަށް ނެރޭ އަލްބަމް "ދިސް އިޒް މީ ނައު"ގެ ސިންގަލް އެކެވެ. މި އަލްބަމް އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު އާ ސިންގަލް ވަރަށް އަވަހަށް ނެރޭނެ ކަމަށް އިޝާރާތް ކޮށްފައިވެއެވެ.

ވާހަކަތައް ދެކެވޭ ގޮތުގައި އާ ސިންގަލްގައި ދައްކާނީ ޖޭލޯގެ ފިރިމީހާ ބެން އެފްލެކްގެ ވާހަކައެވެ. އޭނާ އާ އަލްބަމްގެ ތީމަކީވެސް ދެމީހުންގެ ވާހަކައެވެ.

ޖޭލޯ އެންމެ ފަހުން އަލްބަމެއް ނެރެފައިވަނީ 2014 ވަނަ އަހަރުގައެވެ. "އޭކޭއޭ" ކިޔާ އެ އަލްބަމަށް ފަހު އެންމެ ފަހުން ޖޭލޯ ދެން ޕާފޯމް ކޮށްފައިވަނީ 2020 ވަނަ އަހަރުގައެވެ. އެހެންވީމާ މިއީ ޖޭލޯއަށް އަހަރުތެރޭގައި ނެރޭ ފުރަތަމަ އަލްބަމެވެ.

comment ކޮމެންޓް