މެލޭޝިޔާގެ އައު ބޮޑުވަޒީރު، އަންވަރު އިބްރާހީމަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

މެލޭސިޔާގެ އައު ބޮޑުވަޒީރު ދަތޯ ސެރީ އަންވަރު އިބްރާހީމް --

މެލޭޝިޔާގެ އައު ބޮޑުވަޒީރު ކަމަށް އައްޔަންކުރި އަންވަރު އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސްގެ މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑާޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާ ބޮޑުވަޒީރާއި، މެލޭޝިޔާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖުގައި ވަނީ މެލޭޝިޔާގެ އައު ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތަކަށް އެދިވަޑައިގަންނަވާފައެވެ. އަދި މެލޭޝިޔާގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

comment ކޮމެންޓް