އާރިއާނާ ސެންޓު ވިއްކައިގެން އެއް ބިލިއަން ހޯދައިފި

އާރިއާނާ ފްރެގްރެންސް ލައިން ތައާރަފުކޮށްފައިވަނީ 2015ގައި

މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭގެ ފްރެގްރެންސް ލައިނުން ތަފާތު އެކި ވައްތަރު ސެންޓުތައް ވިއްކައިގެން ގްލޯބަލް ރިޓެއިލް ސޭލްސްގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ހޯދައިފިއެވެ.

މަޝްހޫރު ގިނަ ތަރިންނެކޭ އެއްފަދައިން އާރިއާނާވެސް ވަނީ ބިއުޓީ ޕްރޮޑަކްޓުތައް ނެރެން ފަށާފައެވެ. އެގޮތުން އާރިއާނާގެ ފްރެގްރެންސް ލައިން އެންމެ ފުރަތަމަ ތައާރަފުކޮށްފައިވަނީ 2015 ވަނަ އަހަރުގައެވެ. އެއަށްފަހު އާރިއާނާގެ ބިއުޓީ ލައިނަށް ވަނީ އެކި ކަހަލަ ބަދަލުތައް ގެނެސްފައެވެ.

އަދި އާރިއާނާ ވަނީ އެކި ނަމުގައި ތަފާތު ގިނަ ބިއުޓީ ލައިންތައް ރިލީޒްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އާރިއާނާ ވަނީ "އާރުއީއެމް" ބިއުޓީ ލައިނެއް ތައާރަފުކޮށްފައެވެ. އޭނާގެ ސްޓޫޑިއޯ އަލްބަމުން ލަވައަކަށް ބިނާކޮށް ނެރުނު އެ ލައިންގައި މޭކަޕުން ފެށިގެން ރީތިވާ އެކި ތަކެތި ހިމެނެއެވެ.

ޕްރޮޑަކްޓުތައް ރިލީޒްކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ ހުރިހާ އެއްޗެއް ވިކިގެން ދިޔުމަކީ އެ ޕްރޮޑަކްޓުތަކަށް އޮތް މަގުބޫލުކަން ބޮޑުކަމުގެ ހެއްކެކެވެ.

އޮންލައިންކޮށް ވިޔަފާރި ފެށި ނަމަވެސް އާރިއާނާގެ ބިއުޓީ ލައިންގެ ޕްރޮޑަކްޓުތައް މިހާރު ފިހާރަތަކުން ވެސް ލިބޭނެއެވެ.

އާރިއާނާގެ ބިއުޓީ ލައިން ފްރެގްރެންސުން ފެށި އިރު އެ ފްރެގްރެންސް ލައިނަކީ އާންމުންގެތެރޭގައި ވަރަށް ކަމުދާ ލައިނެކެވެ. ގިނަ ބަޔަކަށް އޭގެ ވަހަކީ ވަރަށް ކަމުދާ ވަހެކެވެ. ފޭނުންގެ އިތުރުން އެހެން މީހުންވެސް މިކަމަށް އެއްބަސްވެއެވެ.

އާރިއާނާގެ އިތުރުން ހޮލީވުޑްގެ ބައެއް އާޓިސްޓުން ވަނީ އަމިއްލަ ބިއުޓީ ލައިނާއެކު ބޮޑެތި އާމްދަނީ ހޯދާފައެވެ. އެގޮތުން ރިއާނާ އާއި ކައިލީ ޖެނާ އަކީ އަމިއްލަ ބިއުޓީ ލައިނުން ބިލިއަނަށް ވުރެ ބޮޑު އާމްދަނީ ހޯދާފައިވާ ދެމީހުންނެވެ.

comment ކޮމެންޓް