އެންސްޕާއާއި އާސަންދައިންދޭ ބޭސްފަރުވާގެ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން

"ވިރަ" މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --

އާސަންދައާއި އެންސްޕާއިންދޭ ބޭސްފަރުވާގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭ ގޮތް ހަމަޖައްސައިފިއެވެ.

މި ޚިދުމަތްތައް އެއްތަނަކުން ފޯރުކޮށްދިނުމަށް މިއަދު ވަނީ ފެން ބިލްޑިންގުގެ ނިކަގަސްމަގަށްވާ ފަޅީގައި 'ވިރަ'ގެ ނަމުގައި ކަސްޓަމާ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވާފައެވެ.

މި ސެންޓަރު ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލާއި ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ އެވެ. އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީޤާއި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާޢީލް އައްޒާމް ވަޖީހްއާއި އާސަންދަ ބޯޑުގެ ބައެއް މެމްބަރުންނާއި އާސަންދަ އެންސްޕާގެ އެގްޒެކެޓިވް އަދި ސީނިއާ މެނޭޖްމަންޓް މެމްބަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

"ވިރަ" މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --

މި ސެންޓަރު ހުޅުވުމާއެކު، އާސަންދަ ކުންފުނިން ފޯރުކޮށްދެމުންދާ އާސަންދަ އަދި މެރަނާ ސްކީމްގެ ޚިދުމަތްތަކާއި އެންސްޕާގެ ދަށުން ފޯރުކޮށްދެމުންދާ މެޑިކަލް ވެލްފެއާގެ ޚިދުމަތްތައް އެއްތަނަކުން ލިބިގަތުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިވާނެ ކަމަށް އާސަންދައިން ބުންޏެވެ. މި ބަދަލާއެކު ކުރިން އާސަންދަ އަދި މެޑިކަލް ވެލްފެއާއަށް އެދި ވަކިވަކިން ފޯމު ހުށަހެޅުމުގެ ބަދަލުގައި، އެހީ ބޭނުންވާ މީހުން ހުށަހަޅަން ޖެހޭނީ އެންމެ ފޯމެކެވެ. އަދި އެހީތެރިކަމަށް އެދި ހުށަހަޅާ މީހާގެ ޙާލަތު ބަދަލުނުވާހާ ހިނދަކު އިތުރު ފޯމެއް ހުށަހަޅާކަށް ވެސް ނުޖެހޭނެއެވެ.

'ވިރަ'ގެ ކައުންޓަރުތައް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ހުންނާނެއެވެ. އެ ކައުންޓަރުތަކުން ޚިދުމަތް ލިބޭނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން ރޭގަނޑު 10:00އަކަށެވެ. 'ވިރަ' މަރުކަޒުން 24 ގަޑިއިރު ޚިދުމަތް ލިބޭނެކަމަށް ވެސް އާސަންދައިން ބުނެއެވެ.

comment ކޮމެންޓް