Last Updated: 1 year 5 month ago

ވޯލްޑް ކަޕުގެ 13 ވަނަ މެޗުގެ ލައިވް ބްލޮގް: ސްވިޒަލެންޑް 1 - 0 ކެމަރޫން

ބުލޮގު ޚުލާސާ

ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ 13 ވަނަ މެޗުގައި، ކެމަރޫން އާއި ސްވިޒަލެންޑްގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

16:57

މެޗުގެ ފުރިހަމަވަގުތާއި އިތުރުވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ކުޅުންވެސް ނިމިއްޖެ. 0-1 އިން މޮޅުވީ ސްވިޒަލެންޑް. މެޗުގައި ކެމަރޫންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ.

16:53

އިތުރުވަގުތުގެ ފަސް ވަނަ މިނެޓު: ލީޑު ފުޅާކުރަން ސްވިސް ޓީމަށް ރަނުގެ ފުރުސަތެއް. އޭރިއާ ތެރެއަށް ވަދެފައި ހާރިސް ސެފެރޮވިޗް ފޮނުވާލި ހަމަލާ ދިފާއުކުރީ ކެމަރޫންގެ ކާސްޓިލެޓޯ.

16:48

މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓު ވަނީ ދައްކާފަ.

16:48

88 ވަނަ މިނެޓު: އޭރިއާ ބޭރުގައި ހުރެފައި ގްރެނިޓް ޒަކާ ފޮނުވާލި ހަމަލާއަށް ކެމަރޫންގެ ކީޕަރު ހުރަސް އަޅައިފި.

16:45

85 ވަނަ މިނެޓު: ދެ ޓީމުގެ ފަރާތުންވެސް ދެވަނަ ހާފުގައި ފެނިގެންދަނީ އާދައިގެ، ހަމަހަމަ ކުޅުމެއް. ގިނަ ބަދަލު ތަކަކާއި ގިނަ ފައުލުތަކެއްވެސް މި މެޗުގައި މިހާތަނަށް ފެނިގެން ގޮސްފައިވޭ. އެގޮތުން ސްވިސް ޓީމުން 12 ފައުލު ކޮށްފައިވާއިރު ކެމަރޫން ޓީމުން 7 ފައުލު ވަނީ ކޮށްފަ.

ކެމަރޫން އިން 8 ހަމަލާއެއް ފޮނުވާލާފައިވާއިރު ސްވިސް ޓީމުން ފަސް ހަމަލާއެއް ފޮނުވާލާފައިވޭ.

16:28

69 ވަނަ މިނެޓު: މެޗުގެ ފުރަތަމަ ބަދަލު ކެމަރޫން އިން. ހޮންގްލާގެ ބަދަލުގައި އޮންޑޮއުއާ ވަނީ ކުޅެން އަރުވާފަ.

16:27

ކޯނަރުން ތަނަވަސްވި ފުރުސަތެއްގައި އެމްބޮލޯ އަށްވެސް ސްވިސް ޓީމަށް ލަނޑު ޖަހައިދޭން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ގޯލު ކުރިމަތީގައި ހުރެފައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށް.

16:26

67 ވަނަ މިނެޓު: ލީޑު ފުޅާކުރަން ސްވިސް ޓީމަށް ރަނުގެ ފުރުސަތެއް. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ، ވާގަސް ނިކަން ބާރަށް ފޮނުވާލި ނަމަވެސް ކެމަރޫންގެ ކީޕަރު ވަނީ މިހަމަލާ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލާފަ.

16:09

65 ވަނަ މިނެޓު: ނަތީޖާ އަކަށް އިތުރު ބަދަލެއް ނާދޭ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެނީ ސްވިސް ޓީމުން. އެހެންނަމަވެސް ގޯލަށް ނުަރއްކާކޮށް ގިނަ ހަމަލާތަކެއް އުދައްދަނީ ކެމަރޫން ޓީމުން.

މިހާތަނަށް އައި އިރު ކެމަރޫން އިން ވަނީ ގޯލާއި އަމާޒުވާހެން ހަތަރު ހަމަލާއެއް ފޮނުވާލާފަ. އަދި އޮފް ޓާގެޓް ތިން ހަމަލާއެއް ވަނީ ފޮނުވާލާފަ.

ދެ ޓީމުންވެސް ކޮންމެ ޓީމަކުން ހަ ފައުލެއް ކޮށްފައިވޭ.

16:06

48 ވަނަ މިނެޓު: ސްވިޒަލެންޑުން މެޗުގައި ލަނޑު ޖަހާ ލީޑު ނަގައިފި. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެމްބޮލޯ. އޭނާ ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކޮށްފައެއް ނުވޭ. އެއީ ސްވިޒަލެންޑަށް ކުޅުނު ނަމަވެސް ކެމަރޫން އަކީ އޭނާ އުފަން ގައުމަށް ވުމުން.

16:05

ދެ ޓީމުން ވެސް ދެވަނަ ހާފަށް ނުކުތީ ފުރަތަމަ ހާފުގައި ނެރުނު ފުރަތަމަ 11 އާއި އެކު.

15:49

ކެމަރޫން އާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗުގެ ދެވަނަ ހާފު ފަށައިފި.

15:47

އިތުރުވަގުތުގެ ގޮތުގައި ދެއްކި ދެ މިނެޓުގެ ކުޅުންވެސް ނިމިއްޖެ. ފުރަތަމަ ހާފުގެ ފުރިހަމަވަގުތާއި އިތުރުވަގުތު ނިމުނުއިރު މެޗުގެ 52 އިންސައްތަ ބޯލް ޕޮޒެޝަން ހިފެހެއްޓީ ސްވިޒަލެންޑެވެ.

މިހާތަނަށް ކެމަރޫން އިން ވަނީ ފަސް ހަމަލާއެއް އުފައްދާ ދެ ހަމަލާއެއް އޮން ޓާގެޓަށް ފޮނުވާލާފަ. ސްވިސް ޓީމަށް ފޮނުވާލެވުނީ އޮފް ޓާގެޓަށް ތިން ހަމަލާ.

15:38

45 ވަނަ މިނެޓު: އިތުރުވަގުތުގެ ގޮތުގައި ދެ މިނެޓު ދައްކައިފި.

15:37

36 ވަނަ މިނެޓު: މެޗުގެ ފުރަތަމަ ރީނދޫ ކާޑު. ކެމަރޫންގެ ކޮލިންސް ފައި އަށް.

15:31

މެޗުގައި ސްވިސް ޓީމުގައި ހިމެނޭ ޖަރްދާން ޝަގީރީ އަކީ ތާރީޚުގައި ވެސް ސްވިސް ޓީމުގައި ހިމެނިގެން ވޯލްޑް ކަޕުގެ 10 މެޗުގައި ކުޅެފައިވާ ތިންވަނަ ކުޅުންތެރިޔާ. އަދި ފީފާ ވޯލްޑް ކަޕުގެ ހަތަރު މުބާރާތުގައި ކުޅެފައިވާ ދެވަނަ ސްވިސް ކުޅުންތެރިޔާ.

15:20

30 ވަނަ މިނެޓު: ގާނާ އިން ނުރައްކާތެރި ހަމަލާއެއް. މިފަހަރު ހުރަހަކަށްވީ ސްވިސް ޓީމުގެ ކީޕަރު.

15:17
ޗޫޕޮ މޯޓިންގް --
15:15

15 މިނެޓު ކުޅެވުނުއިރު ދެ ޓީމުންވެސް ފެނިގެން ދަނީ ވާދަވެރި މޮޅު ކުޅުމެއް. ދެ ޓީމުންވެސް ހަމަލާ އުފައްދަން މަސައްކަތް ކުރަމުން އަންނައިރު ކެމަރޫން އިން ވަނީ މިހާތަނަށް ދެ ހަމަލާއެއް ފޮނުވާލައި، އެއް ހަމަލާ އޮން ޓާގެޓަށް ފޮނުވާލާފަ. އަދި ސްވިޒަލެންޑުން ވަނީ އެއް ހަމަލާ އޮފް ޓާގެޓަށް ފޮނުވާލާފަ.

15:05

10 ވަނަ މިނެޓު: ލީޑު ނަގަން ކެމަރޫން އަށް ފުލުފުލުގައި ދެ ފުރުސަތު. ފުރަތަމަ ހަމަލާ އެމްބެއުމޯ ފޮނުވާލިއިރު، ކީޕަރު ވަނީ މި ހަމަލާ ދިފާއު ކޮށްފަ. ރިބައުންސް ބޯޅަ ޓޮކޯ އެކާމްބީ ފޮނުވާލިއިރު މި ހަމަލާ ދިޔައީ މާ މަތިން ބޭރަށް.

15:03

ވޯލްޑް ކަޕް 2022 ގެ 13 ވަނަ މެޗުގައި ކެމަރޫން އާއި ސްވިޒަލެންޑުގެ ކުރިމަތިލުމުގައި ދެ ޓީމުން ބޭނުންކުރާނެ ފުރަތަމަ 11.