އާދަޔާ ޚިލާފު ބޮޑު ގޯލްޑްފިޝް އެއް ހިފައިފި

ފްރާންސްގެ ބްލޫވޯޓާ ނަމަކަށް ކިޔާ ކޯރަކަށް މީގެ 20 އަހަރު ކުރީން ދޫކޮށްލި ގޯލްޑްފިޝް އެއް އާދަޔާ ޚިލާފަށް ބޮޑުވެފައިވަނިކޮށް ހިފައިފި އެވެ.

އިނގިރޭސިވިލާތާއި ފްރާންސްގައި ބްލޫވޯޓާ ނަމަކަށް ކިޔާ ކުންފުނިން ބަލަހައްޓާ ކޯރުތަކުގެ ތެރެއިން ކޯރަކުން އާދަޔާ ޚިލާފު ބޮޑު ގޯލްޑްފިޝް އެއް ހިފާފައިވަނީ ވޯސްޓަޝަޔާގެ މީހެއް ކަމަށްވާ އެންޑީ ހެކެޓްއެވެ.

އާންމުކޮށް ގޭގޭގައި ޓޭންކުތަކުގައި ގެންގުޅޭ ގޯލްޑްފިޝް އަކީ މާ ބޮޑެތި ކޮށް ހުއްޓައި ފެންނަ އެއްޗެއް ނޫނެވެ. ނަމަވެސް މި މަހަކީ ލެދާ ކާޕް އާއި ކޮއި ކާޕްގެ ހައިބްރިޑް މަހެކެވެ. އެ ދެ ބާވަތުގެ މަހަކީ ވެސް ފުދޭވަރަކަށް ބޮޑުވާ މަސްތަކެކެވެ.

މީގެ 20 އަހަރު ކުރިން ކޯރަށް ދޫކޮށްލި ގޯލްޑްފިޝް އަށް ކިޔަނީ ކެރަޓް އެވެ. ހެކެޓް އެ މަސް ހިފާފައިވަނީ ދާގަނޑެއް ބޭނުންކޮށްގެނެވެ. އަދި މިކަމަށް ހެކެޓް ގާތްގަނޑަކަށް ބައިގަޑިއިރު ހޭދަކޮށްފައިވެއެވެ.

ގޯލްޑްފިޝް ވަނީ އާދަޔާ ޚިލާފަށް ބޮޑުވެފައެވެ. އޭގެ ސަބަބުން ހެކެޓް އަށް ދެ އަތުން ކެރެކްޓް އުފުއްލާލެވެނީ ކިރިޔާއެވެ. އެ މަހުގެ ބަރުދަނުގައި 30 ކިލޯ ހުއްޓެވެ.

ހެކެޓް ބުނިގޮތުގައި ބޮޑު މަހަކަށް ވުމުން ކެރެޓް އަކީ ހެލިފެލިވެ އުޅުމަށް ތަންކޮޅެއް ލަސް އެއްޗެކެވެ. އަދި އާންމުކޮށް ކޯރުތަކުން ނުފެން ކުލަތަކަށް ވުމުން ކެރެޓް ދެނެގަންނަން އުނދަގުލަކަށް ނުވި ކަމަށް ވެސް ހެކެޓް ބުންޏެވެ.

ކެރެޓް ހިފުމަށްފަހު ހެކެޓް ވަނީ އެ މަސް އަލުން ކޯރަށް ދޫކޮށްލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު