ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު ލިބިއްޖެ، އަދި ހާމަކުރެވޭކަށް ނެތް: އެންއައިސީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އަބްދުﷲ ރަޝީދުގެ ޖަނާޒާގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ފުލުހުންގެ އިހުމާލުން މަރުވިކަމުގެ ތުހުމަތުކުރާ އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު މިހާރު އޮތީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގައި ކަމަށާއި ނަމަަވެސް އަދި އެ ރިޕޯޓު ހާމަކުރެވެން ނެތްކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

އެންއައިސީއިން މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ނިންމީ އެ މަރުގައި ފުލުހުންގެ އިހުމާލުވާ ކަމުގެ ބޮޑެތި ތުހުމަތުތައް އާއިލާއިން ކުރާތީއެވެ.

ރަޝީދުގެ ޕޯސްޓްމޯޓަމް ހެދީ ވެސް އާއިލާގެ ނުރުހުމުގައި އެ ތަހުގީގުގެ ބޭނުމަށެވެ.

"އަޅުގަނޑުމެން މިހާރު ތަހުގީގުގެ ވަރަށް ފުރަތަމަ ކޮޅުގައި މި އުޅެނީ. އަދި އެ ރިޕޯޓު މި ވަގުތު ހާމައެއްް ނުކުރާނެ އެއްވެސް ފަރާތަކަށް،" އެ ކޮމިޝަންގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވިއެވެ.

ރަޝީދުގެ އާއިލާއިން އަންނަނީ ޕޯސްޓްމޯޓަމް ރިޕޯޓު އާއިލާއަށް ހިއްސާނުކުރާތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://sun.mv/170677

އެގޮތުން ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއަކީ ހަށިގަނޑާއެކު ލިބޭނެ އެއްޗެއްކަމަށް ފުލުހުން ކުރިން ބުނި ކަމަށާއި ނަމަވެސް އެކަން ކުރިތާ ދެ ހަފުތާވިއިރު ވެސް އެ ރިޕޯޓް އާއިލާއާ ހިއްސާ ނުކުރާ ކަމަށް އެ އާއިލާއިން ބުންޏެވެ.

އަބްދުﷲ ރަޝީދު މިދިޔަ މަހުގެ 25 ވަނަ ދުވަހު މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރު ކުރުމަށް ފަހު ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ.

ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެ އާއިލާއިން ބުނެއެވެ.

comment ކޮމެންޓް