ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ތަރި، ވިކީ ކޯޝަލް ވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު 'ގޯވިންދާ ނާމް މެރާ'ގެ ޕޯސްޓަރު ދައްކާލާފައެވެ.
މި ފިލްމުގެ ޕްރޮޑިއުސަރުންނާއި ކާސްޓުންގެ ޓީމުން ޕޯސްޓަރު ނެރުމަށް ބޭއްވި އިވެންޓުގައި މި ފިލްމާ ގުޅޭގޮތުން ވިކީ އޭނާގެ އިހްސާސްތައް ފޭނުންނަށް ކިޔައިދިނެވެ. ވިކީ ބުނި ގޮތުގައި، މި ފިލްމުގެ ނެރޭޝަން އިވުމުގެ ކުރިން ފިލްމާ ގުޅޭ އެއްވެސް ކަމެއް ނޭނގޭ ކަމަށެވެ. އަދި، އެހެން ފިލްމުތަކުގައި އޭނާ ޖެހެނީ އަބަދު ރޯން ކަމަށާއި މި ފިލްމުގައި ރޯ ސީން އެއް ނެތުމުން ވަރަށް އުފާވި ކަމަށްވެއެވެ.
" އަހަރެން ހުރީ ބޭނުންވެފައި ރޯން ނުޖެހޭ ފިލްމެއް ކުޅެން. މި ފިލްމުގައި އެންމެ ފަހުން އަހަރެންގެ ހިތާމަ ނިމި ރޯކަށް ނުޖެހުނު" ވިކީ ބުންޏެވެ.
އިތުރަށް ބުނީ އޭނާގެ އާއިލާއިންވެސް އެދެނީ ތަފާތު އެކްޓިންގ އެއް ފިލްމުގައި ދައްކާތަން ބަލަން ކަމަށާއި، ނެށުމާއި ލަވަކިޔުންފަދަ ކަންކަންވެސް އޭނާ އަށް ޕްރޮޑިއުސަރުން ހަވާލު ނުކުރާ ކަމަށެވެ. އެހެންކަމުން މި ފިލްމުވީ ސަކަރާތާއި މަޖާ ހިމެނޭ ތަފާތު ފިލްމެއް ކަމަށެވެ.
ވިކީގެ ގިނަ ފިލްމުތަކުގައި އޭނާ ކުޅެފައި ވަނީ ހިތާމައާ ކުރިމަތިލާންޖެހޭ ފިރިހެނެއްގެ ރޯލެވެ. އެގޮތުން، 'މަސާން' އާއި 'ރާޒީ' އާއި 'އުރީ' ފިލްމު ފާހަގަކޮށްލެވެއެވެ. މި ފިލްމުތަކަކީ ބޮކްސް އޮފީހުގައި ހިޓު ފިލްމުތަކެކެވެ.
ދެން އެންމެ އަވަހަށް ވިކީ ސްކްރީނުން ފެންނާނީ ސާރާ އަލީ ޚާން އާއެކު ބަޔޯޕިކް އަކުންނެވެ.