މޯލްޑިވްސް ޓެނިސް ޗެލެންޖް: ގަދަ ހިތްވަރާއެކު ނަބާއަށް މުހިންމު މޮޅެއް

މިހާރު ކުރިއަށްދާ މޯލްޑިވްސް ޓެނިސް ޗެލެންޖް 2022 ގައި ރާއްޖޭގެ އެންމެ ވިދުންގަދަ ޓެނިސް ކުޅުންތެރިޔާ، ނަބާ ނިޝާން އާއި މެލޭޝިއާގެ ލީން ލިމް ބައްދަލުކުރި މެޗުން ނަބާ މޮޅުވެއްޖެއެވެ.

މި މެޗު ނަބާ ކާމިޔާބު ކުރީ ދެސެޓު އެއް ސެޓުންނެވެ.

ދެ ކުޅުންތެރިންގެ ފަރާތުންވެސް ވަރަށް ވާދަވެރި، މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓުގައި ނަބާއަށް ވަނީ 3-5 އިން ނާކާމިޔާބީ އާއި ކުރިމަތިވެފައެވެ.

އަދި ދެވަނަ ހާފު ފަށައިގެންވެސް މޮޅަށް ކުޅެ ފުރަތަމަ ލީޑުގައި އޮވެ ކުޅުނީ ލީން ލިމް އެވެ. އެހެންނަމަވެސް ކުޅުން ވަރުގަދަކޮށް ނަބާ ވަނީ ސެޓުގެ ނަތީޖާ އަނބުރާލާ 5-3 އިން ސެޓު ކާމިޔާބު ކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޓައި ބްރޭކަރ ސެޓެއް ކުޅުނުއިރު މި ސެޓު ނަބާ ކާމިޔާބު ކުރީ، ލީން ލިމް 3-8 ގެ ލީޑެއްގައި އޮއްވާ، ފަހަތުން އަރާ 10-12 އިންނެވެ.

މިމުބަރާތުގައި މިހާތަނަށް ނަބާ ކުޅުނު 9 މެޗުން ވަނީ މޮޅުވެފައެވެ. ނަބާ ފާހަގަ ކުރެވެނީ މިމުބާރާތުގައި އަދި އެއްވެސް މެޗަކުން ބަލިނުވާ ހަމައެކަނި އަންހެން ކުޅުންތެރިޔާގެ ގޮތުގައެވެ.

މެލޭޝިއާގެ ލީން ލިމް އަތުން ހޯދި މޮޅާއެކު ނަބާ ވަނީ މި އިވެންޓުގެ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް