ޓޫރިޒަމަށް 50 އަހަރު ފާހަގަކުރަން އެމްއެންޔޫއިން ޖުބިލީ ވޯކް ބާއްވައިފި

19 ނޮވެމްބަރު 2022: ފަތުރުވެރިކަމަށް 50އަހަރު ފުރުން ފާހަގަކުރަން އެމްއެންޔޫގެ އެފްއެޗްޓީއެސްއިން ބޭއްވި ޓޫރިޒަމް ޖުބިލީ ވޯކް -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ރާއްޖޭގެ ފަތުރުވެރިކަމަށް ރަންޔޫބީލް ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ޓޫރިޒަމް ޖުބިލީ ވޯކް ބާއްވައިފިއެވެ.

"ޖުބިލީ ވޯކް"ގެ ނަމުގައި ބޭއްވި މި ހިނގާލުމަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ ޓޫރިޒަމް ސްޓަޑީޒާއި، ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ބޭއްވި ހަރަކާތެކެވެ.

ހިނގާލުން ފެށީ އިއްޔެ ހަވީރު ގައުމީ ޔުނިވާސިޓީގެ މައި މަރުކަޒުންނެވެ. ގައުމީ ޔުނިވާސިޓީގެ އިސްވެރިންނާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް މި ހިނގާލުމުގައި ބައިވެރިވެވަޑައިގަތެވެ.

19 ނޮވެމްބަރު 2022: ފަތުރުވެރިކަމަށް 50އަހަރު ފުރުން ފާހަގަކުރަން އެމްއެންޔޫގެ އެފްއެޗްޓީއެސްއިން ބޭއްވި ޓޫރިޒަމް ޖުބިލީ ވޯކް -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މި ހިނގާލުމުގައި މާލޭގެ ގިނަ ސްކޫލުތަކަކުން ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ކަލާފާނު ސްކޫލާއި، ރެހެންދި ސްކޫލާއި، އަހްމަދިއްޔާ ސްކޫލުގެ އިތުރުން ސީއެޗްއެސްސީ، އަމީނިއްޔާ ސްކޫލް، އަދި މާލޭގެ އެހެން ބައެއް ސްކޫލުތައް ހިމެނެއެވެ.

މި ހިނގާލުމުގެ މަގްސަދުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ވަޒީފާތަކާއި އެ ދާއިރާއާ ގުޅުންހުރި މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ. ހަމައެއާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު މަސައްކަތްކުރާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުން ވެސް ހިމެނެއެވެ.

އެމްއެންޔޫގެ އެފްއެޗްޓީއެސްއިން ބޭއްވި މި ހިނގާލުމުގައި މީގެކުރިން އެ ފެކަލްޓީއިން ދަރިވަރުވެ މިހާރު އެ ދާއިރާގައި އިސް މަގާމުތަކުގައި ތިބި މީހުންވަނީ ބައިވެރިވެފައެވެ. އަދި އެ މީހުންގެ ތަޖުރިބާ ވެސް ވަނީ ހިއްސާކޮށްފައެވެ.

comment ކޮމެންޓް