މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު ކޯޓަށް ހާޒިރުނުކުރެވިގެން ހޯދަނީ

ޑައިނަމޯފިން ޓްރެފިކިން މައްސަލައިގައި ފުލުހުން ހޯދަމުން އަންނަ ހުސައިން އާތިފް -- ފޮޓޯ/ ޕޮލިސް

ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވިފައިނުވާ މީހަކު، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ބެލުމުގެ ދަށުގައި މާދަމާ ކޯޓަށް ގެންދިޔުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވަނީ ލ. ގަން، ވިލާ، ހުސައިން އާތިފް، 28، ކަމަށެވެ.

ކޯޓަށް ހާޒިރުކުރަން ބޭނުންވި ނަމަވެސް ހާޒިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާ ގުޅިގެން ހޯދަމުންދާ، ހުސައިން އާތިފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9991442 ނަންބަރަށް ގުޅައި އޭނާއާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް