ބޯޅަ ފޯރި ބެލުމަށް މާލެ ސަރަހައްދުގައި ބެހެއްޓޭ އެއްމެ ބޮޑު ސްކްރީން ހުޅުމާލޭގައި

ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ހުޅުމާލެގައި ދެއްކުމުގެ ގޮތުން އެޗްޑީސީއިން ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ދަނީ ބޮޑު ސްކްރީން ބެހެއްޓުމުގެ މަސައްކަތްކުރަމުންނެވެ.

އެގޮތުން, ހުޅުމާލޭގެ ސިންތެޓިކް ޓްރެކާއި ހިޔާ ސަރަހައްދުގައި އެ ކުންފުނިން ބަހައްޓާ ސްކްރީން ވާނީ މާލެ ސަރަހައްދުގައި ބެހެއްޓޭނެ އެއްމެ ސައިޒުން ބޮޑު ދެ ސްކްރީނަށެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރީގައި އެއްތަނަކުން ވޯލްޑްކަޕް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބިފައިވާކަން އެޗްޑީސީން ފާހަގަކުރެ އެވެ. އެގޮތުން ސްކްރީން ބެހެއްޓުމަށް ލެޑް ޕެނަލް ދީފައި ވަނީ ސްޓެލްކޯ އިންނެވެ.

ޕްރިންޓިންގ ޕާޓްނާގެ ގޮތުގައި ތިންކް, ބެވެރެޖް ޕާޓްނާރގެ ގޮތުގައި ކޮކާކޯލާ އަދި ސަޕޯޓިންގ ޕާޓްނަރުގެ ގޮތުގައި ހިމެނޭ ވެލިގާއިންވަނީ ގިނަގުނަ އެހީތެރިކަމެއްވެދެއްވާފައެވެ.

ދިވެހިންގެ މެދުގައި މަގުބޫލު ކުޅިވަރެއްކަމުގައިވާ ފުޓް ބޯޅައިގެ އެންމެ ބޮޑު އީދު ކަމަށްވާ ވޯލްޑް ކަޕް ބެލުގެ އިންތިޒާމް ކުރަން އެ ކުންފުނިން ނިންމީ ދިވެހީންނަށް ފޯރި ނަގަމުން މި މުބާރާތް ބަލާލެވި, އެކުވެރި މާހައުލެއްގައި ފުޓު ބޯޅައިގެ އީދުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުގެ ގޮތުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދެނެގަނެ އެންމެ ފުރިހަމަ ގޮތުގައި އެކަންކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން އާންމުން ބޭނުންވާ ކަންކަން ގާތުން ބަލާ އެކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް އެ ކުންފުނީގެ ފަރާތުން އަބަދުވެސް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް