ރެޑްސްޓާ ރިސޯޓްވެއާގެ މުޅިން އާ ފިހާރައެއް ފަރީދީ މަގުގައި ހުޅުވައިފި

ބަދިގެއަށް ބޭނުންވާ ސާމާނު ވިއްކުމަށް މަޝްހޫރު ރެޑްސްޓާގެ މުޅިން އާ ފިހާރައެއް މިރޭ ފަރީދީ މަގުގައި ހުޅުވައިފިއެވެ.

ރެޑްސްޓާ ރިސޯޓްވެއާގެ ނަމުގައި ހުޅުވި މި ފިހާރަ މިރޭ ހުޅުވައިދެއްވީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަޙްމަދު މުއިއްޒު އެވެ. ރިސޯޓުތަކުގެ ބަދިގޭގައި ބޭނުންކުރާ ސާމާނަށް ޚާއްޞަ މި ފިހާރަ ހުންނާނީ ފަރީދީ މަގުގައި ހުންނަ އެމްއެޗްއޭ މާޓްގެ ކުރިމައްޗަށް ވާގޮތަށް، މ. މާނެލްގައެވެ.

ރެޑްސްޓާ ރިސޯޓްވެއާއިން އެންމެ ރަނގަޅު ފެންވަރުގެ ތެލިތައްޓާއި އެންމެ މޮޅު ބްރޭންޑުތަކުގެ މިކްސަރު ފަދަ ތަކެތި ލިބެން ހުންނާނެއެވެ. މީގެ އިތުރުން ރިސޯޓުތަކުގެ ބަދިގެއަށް އެންމެ އެކަށޭނަ، ފެންވަރު ރަނގަޅު ވަރަށް ގިނަ ސާމާނު މި ފިހާރައިން ލިބެން ހުންނާނެއެވެ.

ރެޑް ސްޓާގެ އާ ފިހާރަ ހުޅުވުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާްން

ރެޑްސްޓާގެ ވިޔަފާރި ފެށިގެން އައީ މީގެ 18 އަހަރު ކުރިން މާފަންނު ގަޑިބުރު ސަރަހައްދުގައި ހުޅުވި ފިހާރައަކުންނެވެ. ޖާގަ ކުޑަ ނަމަވެސް އޭރުވެސް ރިސޯޓުތަކަށް ޚާއްޞަ ބަދިގެ ސާމާނު ގަތުމަށްޓަކައި ގިނަ ބަޔަކު އެ ފިހާރަ ޚިޔާރުކުރިއެވެ.

މިރޭ ފަރީދީ މަގުގައި ހުޅުވި ރެޑްސްޓާގެ އާ ފިހާރައަކީ ޖާގަ ތަނަވަސްކޮށް، ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ، ދެ ފަންގިފިލާގެ ފިހާރައެކެވެ.

ރެޑްސްޓާ ރިސޯޓްވެޔާ ހުޅުވައިފައި ހުންނާނީ ހެނދުނު 9:30އިން ރޭގަނޑު 10:00 -- ފޮޓޯ/ މުހައްމަދު ހައްޔާން

ރެޑްސްޓާ ރިސޯޓްވެއާގެ ޖެނެރަލް މެނޭޖަރު މިރޭ "ސަން"އަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ޚާއްޞަ ޕްލޭންތަކެއް އެ ފިހާރައިން ތައާރަފު ކުރާނެ ކަމަށެވެ. އަދި އަލަށް ހުޅުވި މި ފިހާރައިން ރިސޯޓްތަކަށާއި އާންމު ބަދިގެތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އެއް ފުރާޅެއްގެ ދަށުން ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރެޑްސްޓާ ރިސޯޓްވެއާ ހުޅުވައިފައި ހުންނާނީ ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި ހެނދުނު 9:30އިން ރޭގަނޑު 10:00އަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް