އައިޔޫއެމްއިން މި އަހަރުގެ އިގްރާ ހައިބްރިޑް ބުކްފެއާ ފަށައިފި

އައިޔޫއެމް ފޮތް މައުރަޒުގެ ތެރެއިން -- ފޮޓޯ/އައިޔޫއެމް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އިގްރާ ބުކްފެއާ މިއަހަރު ވެސް ފަށައިފިއެވެ.

މި ފޮތް މައުރަޒު ކުރިއަށްގެންދާނީ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް އައިޔޫއެމްގެ ހޯލުގައެވެ. އެގޮތުން މައުރަޒު ހުޅުވާފައި ހުންނާނީ ހެނދުނު 09:00އިން 12:00އަށް، މެންދުރު 02:00އިން 06:00އަށް އަދި ރޭގަނޑު 08:00އިން 10:00އަށެވެ.

އައިޔޫއެމް ފޮތް މައުރަޒުގެ ތެރެއިން -- ފޮޓޯ/އައިޔޫއެމް

އައިޔޫއެމްގެ ބިއުރޯ ޑިރެކްޓަރު މުހައްމަދު ޔާނިއު ހާޝިމް ވިދާޅުވީ މި މައުރަޒުގައި ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަ ފޮތް ހުންނާނެކަމަށެވެ.

"ކުޑަކުދިންގެ ފޮތުން ފެށިގެން ދީނީ ފޮތްތަކާ ހުރިހާ ދާއިރާއެއް އެބަހުރި،" އޭނާ ވިދާޅުވިއެވެ.

އައިޔޫއެމްއިން ބުނީ މި ފޮތް މައުރަޒުގެ މަގުސަދަކީ ފޮތްކިޔުމަށާއި ފޮތަށް ލޯބި އަށަގެންނެވުމަށް، ޔުނިވާސިޓީން އިސްވެ މަސައްކަތްކުރުން ކަމަށެވެ.

އައިޔޫއެމް ފޮތް މައުރަޒުގެ ތެރެއިން -- ފޮޓޯ/އައިޔޫއެމް

މި މައުރަޒުގެ ތެރެއިން އިތުރު ހަރަކާތްތަކެއް ވެސް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި އޮންލައިންކޮށް ވަސީލަތްތައް ހޯދުމުގެ އުކުޅުތަކާއި، މައުލޫމާތުގެ ސެޝަންތަކާއި، މުސައްނިފާއެކު ވަގުތުކޮޅެއް ހޭދަކުރުމަށާއި ކިޔުމުގެ އާދަ މުޖުތަމައުގައި އަށަގެންނެވުމާ ގުޅޭ އޮންލައިން ވެބިނާއެއް ހިމެނެއެވެ.

comment ކޮމެންޓް