ރާއްޖެ އައި ބްރެޒިލްގެ ފަތުރުވެރިއެއްގެ އަތުން ހަތަރު ކިލޯގެ ޑްރަގް އަތުލައިފި

މީގދެ ކުބްރެޒިލްއިން އައި ދެ މީހުންގެ ތެރެއިން އެކެއްގެ ލަގެޖުން ފެނުނު ކޮކެއިން ބަންދުކޮށް ---- ފޮޓޯ: ކަސްޓަމަސް

މި މަހުގެ ނުވަވަނަ ދުވަހު ރާއްޖެ އައި ބްރެޒިލްގެ އަންހެން ފަތުރުވެރިއެއްގެ އަތުން 4.46 ކިލޯގެ މަސްތުވާތަކެތި އަތުލައިފިއެވެ.

އެއީ އުމުރުން 29 އަހަރުގެ މީހެކެވެ. މަސްތުވާތަކެތި ފެނުނީ އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން އޭނާގެ ލަގެޖު އިތުރަށް ބަލައި ފާސްކުރަނިކޮށެވެ.

އަތުލައިގަތް ތަކެތި ޓެސްޓުކުރި އިރު އެ ތަކެތި ކޮކެއިނަށް ޕޮޒިޓިވްވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 15 މިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވެއެވެ.

މިއިީ ކޮކެއިން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރަނިކޮށް އަތުލައިގަތް 10ވަނަ ފަހަރެވެ. މި އަހަރުގެ މިހާތަނަށް ޖުމްލަ 17 ކިލޯގެ ކޮކެއިންވަނީ ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިފައެވެ.

އެ މީހާއާ އަތުން ހޯދި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 17ވަނަ ދުވަހު ރާއްޖެއަށް މީގެ ކުރިން އެތެރެކޮށްފައިނުވާ އާ ބާވަތެއްގެ މަސްތުވާތަކެތި ވެސް ވަނީ އަތުލައިފައެވެ. އެއީ ކުރިއާ މެދުވެރިކޮށް އެތެރެކުރަން އުޅުނު މެތޯފަން ނަމަކަށް ކިޔާ ބާވަތެކެވެ.

comment ކޮމެންޓް