އިޤްތިޞާދީ ހީނަރުކަމުން އަރައިގަންނަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ: ސިޔާމް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިޤްތިޞާދީ ހީނަރުކަމުން އަރައިގަންނަން އެންމެން އެކުގައި މަސައްކަތް ކުރުމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު އިލްތިމާސް ކުރައްވައިފިއެވެ.

ސިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ކުރިމަތިވަމުން އަންނަ ދަތި އުނދަގޫތަކުން އަރައިގަތުމަށް އެންމެން އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކޮވިޑާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކުން އަރައިނުގަނެވިގެން އުޅެނިކޮށް ޔޫކްރެއިން އާއި ރަޝިޔާއިން ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިގްތިސާދަށް ވަނީ އަސަރުކޮށްފައެވެ. އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

އިޤްތިޞާދީ އަނދަވަޅެއްގެ މަލަމަތީގައި ރައްޔަތިން ތިބިއިރު މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ބޮޑުކުރުމަށް އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މިއަދު ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް