ޔުމްނާ ވިދާޅުވަނީ މެދު ޒިޔާރަތުން ދިދަ ބޭލީ އާންމުން ފާޑުކިޔުމަކުން ނޫން ކަމަށް

ރައްޔިތުން މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ޖަވާބުދެއްވަނީ --- ފޮޓޯ/ މަޖިލިސް

މެދު ޒިޔާރަތުގައި ދިދަ ނެގީ ވަކި މުނާސަބަތަކާ ގުޅުވައިގެން ކަމަށާއި އެތަނުން ދިދަ ބޭލީ އެކަން ނިމުމުން ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު މިއަދު ވިދާޅުވެއްޖެއެވެ.

ތިރީހަކަށް އަހަރު ފަހުން މިދިޔަ ހުކުރު ދުވަހު ވަނީ މެދު ޒިޔާރަތުގައި ދިދަ ނަގާފައެވެ. ނަމަވެސް ހަމަ އެދުވަހު އެ ދިދަ ވަނީ ބާލާފައެވެ.

https://sun.mv/170265

ގިނަ މީހުން ބުނިގޮތުގައި އެ ދިދަ ނެގީ އާއްމުންގެ ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ނަމަވެސް ރައްޔިތުން މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު މެދު ޒިޔާރަތުގައި ނެގި ދިދަ ބޭލުމާ ގުޅޭ ގޮތުން މިނިސްޓަރު ޔުމްނާއާ ސުވާލުކުރެއްވުމުން އޭނާ ވިދާޅުވީ މެދު ޒިޔާރަތުގައި ނެގި ދިދަ ބޭލީ އާއްމުންގެ ފާޑުކިޔުންތަކާ ގުޅިގެން ނޫން ކަމަށެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ޖަވާބުދެއްވަނީ --- ފޮޓޯ/ މަޖިލިސް

ޔުމްނާ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި މެދު ޒިޔާރަތް ޒިނާތްތެރި ކުރުމުގެ ބައިވަރު މަސައްކަތްތަކެއް ވެސް ކުރިކަމަށެވެ. އެގޮތުން އެތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ހުކުރު ދުވަހު މެދު ޒިޔާރަތުގައި ދިދަ ނެގީ ޖުމުހޫރީ ދުވަހާ ގުޅުވައިގެންނެވެ. އަދި ދިދަ ބޭލީ އެދުވަސް ނިމެން ކައިރިވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދިދަ ނަގަން ނިންމާފައިވަނީ ވަކި މުނާސަބާތަކާ ދިމާކޮށް. އެދުވަހު ދިދަ ނެގީ ޖުމުހޫރީ ދުވަސްވީމަ. ދާއިމަށް ނަގާފަ ބަހައްޓާ ގޮތަކަށް ނޫން އަޅުގަނޑުމެން ދިދަ ނެގީ. އެއީ ކުރީގައި ވެސް ދިވެހިން ކަން ކުރަމުން އައިގޮތް. ކުރިން ވެސް މެދު ޒިޔާރަތުގައި ދިދަ ނަގައި އުޅުނީ ވަކި ދުވަސްތަކެއްގަ. ވަކި މުނާސަބާއަކާ ގުޅުވައިފަ،" އޭނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ އަބަދު ދިދަ ނަގާފައި ބެހެއްޓުމަކީ މާލީ ގޮތުން ބެލިނަމަވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ތާރީޚާއި ސަގާފަތަށް ބެލިނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މެދު ޒިޔާރަތް ---

ސަރުކާރުން މިދިޔަ ހުކުރު ދުވަހު ދިދަ ނެގުމާއެކު އާއްމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ހާއްސަކޮށް ބަައެއް ދީނީއިލްމުވެރިން ވިދާޅުވެފައި ވަނީ އެއީ ބިދުޢައިގެ އަމަލެއް ކަމަށެވެ.

https://sun.mv/170281

ނަމަވެސް ހެރިޓޭޖް މިނިސްޓްރީން އޭރުވެސް ބުނީ އެކަމަކީ ދިވެހި ރާއްޖޭގެ ތާރީޚާއި ސަގާފަތް ދިރުވައި އާލާ ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަަށާއި އެކަމަކީ އެއްވެސް ގޮތަކުން ދީނީ ގޮތުން ވިސްނައިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

އިހުގައި ވެސް ދިދަ ނަގަނީ ދީނީ ނަޒަރަކުން ވިސްނާފައި ނޫން ކަމަށާއި އެކަން ގުޅިފައިވަނީ ސަގާފަތާއި އާދަކާދައަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މެދު ޒިޔާރަތް --- ސަން ފޮޓޯ

މެދު ޒިޔާރަތަކީ މީލާދީން 1153ވަނަ އަހަރު ރާއްޖެއަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ތަނެވެ.

އެ ޒިޔާރަތަށް ކުރިން މީހުން ނަދުރު ބުނެ އުޅުނު ނަމަވެސް، 1957ވަނަ އަހަރު ސަރުކާރުން ވަނީ އެ ތަނަށް ނަދުރު ބުނުން މަނާކޮށްފައެވެ.

comment ކޮމެންޓް