ވޯލްޑްކަޕްއާ ދިމާކޮށް އުރީދޫން އެމްއެންޑީއެފަށް ޓީވީތަކެއް ހަދިޔާކޮށްފި

އުރީދޫ މޯލްޑިވްސްގެ ފަރާތުން ޓީވީތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސާ އަދި މެނޭޖިންގް ޑައިރެކްޓަރު، ޚާލިދް އަލް ހަމަދީ. ހަދިޔާކުރި ޓީވީތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެ ވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީ--- ފޮޓޯ/ އެމްއެންޑީއެފް

ކުރިއަށްއޮތް ވޯލްޑްކަޕްއާ ދިމާކޮށް ސިފައިންގެ މަރުކަޒުތަކުގެ ތެރޭގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމްތައް ފަހިކޮށްދިނުމަށްޓަކައި އުރީދޫ މޯލްޑިވްސްއިން، އެމްއެންޑީއެފަށް ޓީވީތަކެއް ހަދިޔާކޮށްފިއެވެ.

އެކަމަށްޓަކައި ބަންޑާރަކޮށީގައި، މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ޓީވީތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިންގް ޑައިރެކްޓަރު، ޚާލިދް އަލް ހަމަދީއެވެ. ހަދިޔާކުރި ޓީވީތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެ ވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއެވެ.

އެ ޓީވީތަކަކީ ވޯލްޑްކަޕް ބެލޭނެ އިންތިޒާމް ފަހިކުރުމުގެ އިތުރުން ސިފައިން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އުރީދޫން ހަދިޔާކުރި ޓީވީތަކެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ މުއައްސަސާއަށް ޓީވީ ހޯދުމަށް މިނިސްޓަރު ގިނަ ފަރާތްތަކަކާއެކު މަޝްވަރާ ކުރެއްވި ކަމަށާއި އެކަމަނާ އެދިލެއްވި އެދިލެއްވުމަށް އެންމެ ފުރަތަމަ އިޖާބަ ދިން ކުންފުންޏަކީ އުރީދޫ ކަމަށެވެ. އެ ކުންފުނިން ވަނީ އެމްއެންޑީއެފަށް ފަސް ޓީވީ މިއަދު ހަދިޔާ ކޮށްފައެވެ.

މިނިސްޓަރު މާރިއާ ވަނީ އުރީދޫއިން ދިވެހި ސިފައިންނަށް އެކި ދާއިރާތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައި--- ފޮޓޯ/ އެމްއެންޑީއެފް

އެ ރަސްމިއްޔާތުގައި، މިނިސްޓަރު މާރިއާ ވަނީ އުރީދޫއިން ދިވެހި ސިފައިންނަށް އެކި ދާއިރާތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އިޖުތިމާޢީ ޒިންމާގެ ދަށުން ދިވެހި ސިފައިންނަށް ވެސް އެކި ދާއިރާތަކުން ބޮޑެތި އެހީތައް އެ ކުންފުނިން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން، އެ ކުންފުނިން ދެމުންދާ އެކިއެކި ޚިދުމަތްތައް ފަސޭހަކަމާއެކު ސިފައިންނަށް ލިބޭނޭގޮތް ހަމަޖެއްސައިދިނުމުގެ އިތުރުން، އެމްއެންޑީއެފްއާއެކު އަބަދުވެސް ބަދަހި ގުޅުމެއް ބާއްވަމުން ގެންދަވާކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އުރިދޫން ރާއްޖޭގެ ކަންކަމާ ހަވާލުވެ ހުންނަވާ ފަތިމާ ސުލްތާން އަލް ޚަވައިރީއަށާއި އޫރިދޫގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު، ޚާލިދް އަލް ހަމަދީ އަށާއި، އޫރިދޫގެ ރާއްޖޭގައި މަސައްކަތްކުރާ މުޅި ޓީމަށް ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް