''ޗަންކީ'' ލޯފާއެއް ގަނެފިންތަ؟

ފެޝަން ޓްރެންޑުތައް އަވަހަށް ބަދަލުވަމުން އަންނައިރު ޒަމާނާ އެއްގޮތަށް ހެދުން އަޅަން ބޭނުންވާ ނަމަ ވޯޑްރޯބް ވެސް ވަރަށް އަވަހަށް ބަދަލު ކުރަން ޖެހެއެވެ. ނަމަވެސް ހެދުންތަކާ އެއްގޮތަށް އަވަސް އަވަހަށް ބަދަލު ކުރަން ނުޖެހޭ އެކައްޗަކީ ބޫޓެވެ. އެހެންވީމާ ބޫޓެއް ގަންނައިރު ވީހާވެސް ގިނަ ދުވަހު އަދި ގިނަ އެއްޗެއްސާ ގުޅޭނެ އެއްޗެއް ގަންނަން ވަރަށް މުހިންމެވެ. މިފަހަރު އެހެންވީމާ އާ ބޫޓެއް ގަންނަ އިރު "ޗަންކީ" ލޯފާއެއް ރަނގަޅުވާނެއެވެ.

ބޮޑެތި ސޯލް ލާފައި ހުންނަ ބޫޓުތަކަކީ މުޅިން އާ އެއްޗެއް ނޫނެވެ. އެގޮތުން މީގެ ބޫޓުތަކެއް އެންމެ ފުރަތަމަ ފެނިފައިވަނީ 90ގެ އަހަރުތަކުގައެވެ. ނަމަވެސް އެ ދުވަސްވަރު ވެސް އެ ބޫޓުތައް ވައިގަ އެއް ހިފާފައެއް ނުވެއެވެ. ދެން މި ބޫޓު އެންމެ ފުރަތަމަ އާންމުންގެ ތެރެއަށް ތައާރަފުކުރަން ފެށީ 2013 ވަނަ އަހަރުގައެވެ. އެކަމަކު އެ ދުވަސްވަރު އެ ރިލީޒްކުރި އިރު އެންމެ ޓްރެންޑު ވަމުން އައީ ވަރަށް އާދައިގެ އަދި މިނިމަލް ބޫޓުތަކަށެވެ. އެހެންވެ ގިނަ ބައެއް އެ ބޫޓުތައް ނެގީ ޖޯކެއްގެ ގޮތުގައެވެ.

ނަމަވެސް މިހާރު މަގުބޫލުވަމުން އަންނަނީ ކުރީގެ، ހާއްސަކޮށް 90 އަދި 2000ގެ ކުރީގެ އަހަރުތަކުގެ ފެޝަންތަކެވެ. އޭގެތެރެއިން މަގުބޫލުވެގެން އައީ ކުރީގައި މީހުން ހުތުރު ކަމަށް ވާހަކަ ދައްކަމުން އަންނަ އެއްޗެއްސެވެ. ޗަންކީ ބޫޓަކީ މިއަހަރުގެ ތެރޭގައި ވައިގައި ހިފާފައިވާ ބޫޓުގެ ސްޓައިލެވެ.

View this post on Instagram

A post shared by ZEYNAB (@zey.ca)

މިފަހަރު މި ބޮޑު ސޯލް ލައިފާ ހުންނަ ޑިޒައިންތައް ވަނީ ލޯފާ ތަކަށް ވެސް ފޯރާފައެވެ. އާންމުކޮށް ބޮޑު ކަރެއް ލާފައި ހުންނަ ފަސޭހައިން އަރާލެވޭ ބޫޓުތަކަށް ކިޔައި އުޅެނީ ލޯފާއެވެ. މިއީ އާންމުކޮށް ސެމީ ކެޝުއަލް އަދި ރަސްމީ ހާލަތްތަކުގައި ފަސޭހައަކަށް ބޭނުންކުރާ ފެޝަނެކެވެ. އާންމުކޮށް އިސްޓާކީނަށް ނާރާ ބޫޓުގެ ލުކެއް ފުރިހަމަ ކުރަން ބޭނުންވާ ނަމަ ހިޔާރު ކުރާނީ ލޯފާއެވެ. މިހާރު މަގުބޫލުވަމުން އަންނަނީ ބޮޑެތި ސޯލް ލާފައި ހުންނަ ޗަންކީ ލޯފާތަކެވެ.

ލޯފާއަކީ ވަކި ޖިންސަކަށް ހާއްސަ ނުވާ، ފަސޭހައިން ކޮންމެ ފަދަ ހެދުމަކާއެކުވެސް ގުޅުވާލެވޭނެ ބޫޓެކެވެ. އެހެންވީމާ ރަސްމީ ވަގުތުތަކަށް އެއް ބޫޓެއް ގެންގުޅެން ބޭނުންވާ ނަމަ މިއީ ވަރަށް ރަނގަޅު ބޫޓެކެވެ. އާންމުކޮށް ޗަންކީ ބޫޓު ހުންނާނީ ކަޅު ކުލައިންނެވެ. އެހެންވީމަ ވަކި ކުލައެއްގެ އެއްޗެއް ލާއިރު ހާސްވާކަށް ނުޖެހޭނެއެވެ.

comment ކޮމެންޓް