ގަތަރުގައި ވޯލްޑްކަޕް ބެލުމުގެ ފުރުސަތު ލިބޭ ނަސީބުވެރިން އުރީދޫއިން ހޮވައިފި

އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯގެ ނަސީބުވެރިން ހޮވުމުގެ ތެރެއިން -- ފޮޓޯ/ ރާއްޖެ އެމްވީ

ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ ސެމީ ފައިނަލް މެޗެއް ލައިވްކޮށް ގަތަރުގައި ބަލައިލުމުގެ ފުރުސަތު ލިބޭ ހަތަރު ނަސީބުވެރިން އުރީދޫ މޯލްޑިވްސް އިން އިއްޔެ ހޮވައިފިއެވެ.

ރާއްޖެ ޓީވީ ރޯޑު ޓު ވޯލްޑް ކަޕް ޝޯގައި ނަސީބުވެރިން ހޮވާފައި ވަނީ، މާޒިޔާގެ ކުޅުންތެރިންނާއި ވައިސް ޗެއާމަން އިބްރާހިމް ވަހީދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

އުރީދޫ ފުޓްބޯލް ފޯރި ލަކީ ޑްރޯގެ ހަތަރު ނަސީބުވެރިންނަކީ:

  • މަރިޔަމް ޝަބްނަމް
  • އަހުމަދު ޝިހާމް
  • ހާފިޒް ސައީދު
  • ސޮމަރަތްނަ ޔޮޑަގެ

މި ހަތަރު ނަސީބުވެރިންނަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ބެލުމަށް ގަތަރަށް ދިއުމުގެ ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓޭޑިއަމް ޓިކެޓް ލިބޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވަނީ މި ހަތަރު ނަސީބުވެރިންނަށް މަރުހަބާ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި މެޗުތައް ބައްލަވާ ކަސްޓަމަރުންނަށްވެސް މި އުފާވެރިކަމާއި ފޯރި ގެނެސްދިނުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން މިދަނީ ވަރަށް ގިނަ ހަރަކާތްތައް ރާވާމުން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އުރީދޫގެ ޕާޓްނަރުންނާ އެކު މި ކުރެވޭ މަސައްކަތާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އެކި އުމުރުފުރައިގެ މީހުންނަށް ވެސް ވޯލްޑް ކަޕްގެ އުފާވެރިކަން ލިބި، ކުލަގަދަ ވޯލްޑް ކަޕަކަށްވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

comment ކޮމެންޓް