މަހަށްގޮސް އުޅުނު ޒުވާނާ މަރުވީ މެޔަށް ތަދެއް އެރުމަށްފަހު

ސަވޭރާ ނަމަކަށް ކިޔާ ދޯންޏެއްގައި މަހަށް ގޮސް އުޅެނިކޮށް މަރުވި މީހާ ބ. އަތޮޅު ހޮސްޕިޓަލަށް ގެންދަނީ --- ފޮޓޯ/ އެމްއެންޑީއެފް

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަން އުޅެނިކޮށް މެޔަށްތަދެއް އެރުމަށްފަހު ކުއްލި ގޮތަކަށް ޒުވާނަކު މިއަދު މަރުވެއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި މެޔަށް ތަދެއް އަރައިގެން މަރުވީ ކ. ގުޅިއަށް ނިސްބަތްވާ މުހައްމަދު އަކުރަމް، 33އެވެ.

ގުޅީ ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް ފާއިޒް މިއަދު "ސަން"އަށް ވިދާޅުވީ އަކުރަމްގެ މެޔަށް ތަދެއް އަރައި ނޭވާ ހާސްވެގެން ގެންދިޔައީ ބ. އޭދަފުށީ ގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލަށް ކަމަށެވެ.

"މައުލޫމާތު ލިބެނީ އެމްއެންޑީއެފް ކޯސްޓްގާޑް ގައި އޭދަފުއްޓަށް ގެންދިޔަ ކަމަށް. އެއީ 10:40ހާއިރު،" އޭނާ ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އަކުރަމް މަރުވެފައިވާ ކަމަށެވެ.

އަކުރަމްގެ މެޔަށް ތަދެއް އަރައިގެން އުނދަގޫތަކެއްވީ ކުއްލިއަކަށް ކަމަށާއި އޭގެ ކުރިން އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

އަކުރަމަކީ ސަވޭރާ ނަމަކަށް ކިޔާ ދޯންޏެއްގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހެކެވެ.

އޭނާ މަރުވިއިރު އަތްނބަކާއި އެއް ކުއްޖަކުވެސް ހުރެއެވެ.

comment ކޮމެންޓް