އެސްޓީއޯއިން ވޯލްޑްކަޕަށް ޚާއްސަ ބޮކްސްލައިޓް ޕްރޮޖެކްޓަރުތަކެއް ގެނެސްފި

އެސްޓީއޯއިން ތައާރަފްކުރި ބޮކްސް ލައިޓް ޕްރޮޖެކްޓަރު --- ފޮޓޯ/ އެސްޓީއޯ

ވޯލްޑްކަޕަށް ޚާއްސަކޮށްގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްއަށް ބޮކްސް ލައިޓް ޕްރޮޖެކްޓަރުތަކެއް ގެނެސްފިއެވެ.

އެސްޓީއޯ ޕިޕަލްސް ޗޮއިސް އިން ކޮށްފައިވާ ޓްވީޓެއްގައި މި ބްރޭންޑްގެ ހަތަރު މޮޑެލްއެއްގެ ޕްރޮޖެކްޓަރު އަގުތަކާއެކު ހާމަކޮށްފައިވެއެވެ. އެގޮތުން މި ޕްރޮޖެކްޓަރުތައް ވިއްކަނީ 28،000 ރުފިޔާއަށް ވުރެ އަގުހެޔޮކޮށެވެ.

އެސްޓީއޯއިން ބުނީ ކޮލިޓީ ރަނގަޅު މި ޕްރޮޖެކްޓަރުތައް އަގު ހެޔޮވެފައިވަނީ ވޯލްޑްކަޕާ ގުޅުވައިގެން ކުރިއަށްގެންދާ "ހޭވައްލާ ތައްޔާރު" ޕްރޮމޯޝަންގެ ދަށުން ކަމަށެވެ. އެގޮތުން "ހޭވައްލާ ތައްޔާރު" ޕްރޮމޯޝަނަކީ އެސްޓީއޯއިން ވޯލްޑްކަޕާ ގުޅިގެން ކުރިއަށްގެންދާ ޚައްސަ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަން ކުރިޔަށްގެންދާނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ.

އެސްޓީއޯއިން ބޮކްސް ޕްރޮޖެކްޓަރުތަކެއް ގެނެސްފައިވާއިރު، ފީފާ ވޯލްޑްކަޕް އަދި ޔޫރޯ ފަދަ ބޮޑެތި އަދި ފޯރިގަދަ މުބާރާތްތަކާ ދިމާކޮށް އެންމެ ޑިމާންޑް ބޮޑުވާ އެކައްޗަކީ މިފަދަ މަލްޓިމީޑިއާ ޕްރޮޖެކްޓަރުތަކެވެ.

comment ކޮމެންޓް