އިމްރާން ޚާން އަވަހާރަކޮށްލަން ދިން ހަމަލާގެ ފަހަތުގައި ޝެހްބާޒް ޝަރީފް؟

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ދިން ހަމަލާގެ ފަހަތުގައި އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ހިމެނިވަޑައިގަންނަވާކަމަށް އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިމްރާން ޚާން ވަނީ އެފަދައިން ވިދާޅުވެފައެވެ.

އިމްރާން ޚާންގެ ހަށިކޮޅަށް ޖުމުލަ ހަތަރު ވަޒަން އަރާފައިވާއިރު، ވަޒަން އަރާފައި ވަނީ އޭނާގެ ފަޔަށެވެ.

މިދިޔަ އޭޕްރީލްމަހު އިމްރާން ޚާން މަޤާމުން ދުރުކުރުމުގެ ފަހަތުގައި އެ ގައުމުގެ އިންޓީރިއަރ މިނިސްޓަރު ރަނާ ސަނާއުﷲ އާއި ސިފައިންގެ މަތީ ކޮމާންޑަރެއް ހިމެނޭކަމަށާއި، މި ހަމަލާއަކީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި އެ ދެ މީހުންގެ ރޭވުމެއްކަމަށް އިމްރާން ޚާން ވަނީ ވިދާޅުވެފައެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައިނުވާއިރު، ޕާކިސްތާނުގެ ސަރުކާރުން ވަނީ ހަމަލާގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނެފައެވެ.

އިމްރާން ޚާންއަށް ދިން މި ހަމަލާގެ ސަބަބުން އޭނައާ އެއްކޮށް އެވަގުތު ތިބި މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. އަދި 10 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިފައެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ އާންމު އިންތިޚާބު ކާމިޔާބު ކުރައްވައިގެން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި އިމްރާން ޚާން މިދިޔަ އޭޕްރިލް މަހު މަގާމުން ދުރުކޮށްފައި ވަނީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެންނެވެ.

އޭގެ ފަހުން އިމްރާން ޚާން ގެންދަވަނީ އެގައުމުގައި އަވަސް އިންތިޚާބެއް ބޭއްވުމެއް ގޮވާލައްވައި ސިލްސިލާ މުޒާހަރާތައް ބާއްވަވަމުންނެވެ.

comment ކޮމެންޓް