އިންސްޓާގްރާމް އެންމެފަހުން އެންޑްރޮއިޑަށް

އައިފޯނަށް ހާއްސަ އަދި އެންމެ މަގުބޫލު އެއް ފޮޓޯ ޝެއާރިންގް އެޕްލިކޭޝަން، އިންސްޓާގްރާމް އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރަން ފައްކާކޮށް މިއަދު ވަނީ ބާޒާރަށް ނެރެފަ އެވެ. އެންޑްރޮއިޑް އެޕްގެ ބާޒާރު، "ގޫގުލް ޕްލޭ" އަށް އިންސްޓާގްރާމް އައުމާއެކު ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ އެއްމިލިއަން މީހުން އެޕްލިކޭޝަން ޑައުންލޯޑްކުރި އެވެ.

ދެހާސްދިހަވަނަ އަހަރުން ފެށިގެން އައިފޯނުން ފޮޓޯ ނަގާ ޒުވާނުންގެ ގެ ރަސް އެޕްލިކޭޝަން އަކީ އިންސްޓާގްރާމް އެވެ. އައިފޯނުގެ ދުނިޔޭން އެ އެޕްލިކޭޝަނަށް 30 މިލިއަނެއްހާ ޔޫސަރުން ލިބި ސޯޝަލްނެޓްވޯކުތަކަށް އެންމެ ގިނައިން ފޮޓޯ ބަހައިދޭ މެދުވެރިއަކަށް ވީވެސް މި އެޕްލިކޭޝަން އެވެ.

މިއަދު އިރުއެރީ އިންސްޓާގުރާމަށް ގުޅެމުން ދިޔަ އަހަރެންގެ ރައްޓެހިން ގިނަކަމުން ނޮޓިފިކޭޝަންތަކުން ފޯނު ފުނިޖެހިގެންނެވެ.

http://www.sun.mv/uploads/l_16963322.jpg

"ދުވަސް ގަނޑެއް ވެއްޖެ. މިދުވަސް އަންނަން ކެތް މަދުވެފައި ތިބޭތާ. މީތި ސަޅިއޭ،" ސޭމްސަންގް ގެލެގްސީ އެސްޓޫއެއް ގެންގުޅޭ ރަށްޓެއްސަކު ފޯނު ކޮށްލާފައި ބުންޏެވެ.

އެންޑްރޮއިޑް ފޯނުތަކަށް ދެވިހިފާފައިވާ ގިނަ ރަށްޓެހިން މިއަދު ފޯނު ތިރިއެއްނުކުރެ އެވެ. އެމީހުން ތިބީ ހިތްގައިމު ދިމަދިމާލަށް ފޯނު އަބުރާލަ އަބުރާލަ އެވެ. އިންސްޓާގްރާމުން އެމީހުންގެ ފޮޓޯތަކަށް އޮފް އަރުވައިދޭ އިރު އެ ފޮޓޯތަށް ބަލައިލުން ވާހަކައެއް ކިޔާލުމަށްވުރެ ހިތްގައިމެވެ.

އިންސްޓާގްރާމުން ހިތްގައިމުކަން ގެނެސްދީފައިވާ ފޮޓޯތަކުން ފޭސްބުކާއި ޓުވިޓާ އޮބިނޯންނައިރު ލައިކްތައްވެސް ހަބޭހެވެ.

އިންސްޓަރގުރާމް އެންޑްރޮއިޑަށް އަލިވިލޭނެ ކަން އިއުލާންކުރީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. އެންޑުރޮއިޑް އޯއެސް 2.2 ކަށްވުރެ ދަށް ނޫންނަމަ އިންސްޓާގްރާމް އިންސްޓޯލް ކުރެވިދާނެ އެވެ. އައިފޯން އާއިލާގެ އިންސްޓާގްރާމްއާ އެންޑްރޮއިޑް ރިލީޒްއާ ދެމެދު މާބޮޑު ތަފާތެއް ނެތަސް ޑެޕްތް އޮފްފީލްޑް ގެނެސްދޭ ޓިލްޓް ޝިފްޓް ފީޗާ އަދި މަދުވާނެ އެވެ.

އިންސްޓާގްރާމް އެންޑްރޮއިޑަށް ފައްކާކުރިޔަސް އެޕްގައި އަދި މައްސަލަތަކެއް އެބަހުއްޓެވެ. އެ މައްސަލަތަށް ޔޫސަރުންވެސް މިހާރު އަންނަނީ ފާހަގަކުރަމުންނެވެ. އައިފޯނުގައި އެފަދަ މައްސަލަތަށް ފާހަގަ ނުކުރެވުނަސް އެއްފޯނަށް ވުރެ ގިނަ ފޯނަށް ހަދާ އެޕްލިކޭޝަނެއްގެ ފުރަތަމަ ރިލީޒްގައި މައްސަލަތަށްވެސް ހުރެދާނެ އެވެ.

އިންސްޓާގްރާމުގެ އުފަންވުމަކީ އައިފޯނު ކަމަށް ވިޔަސް އެންޑްރޮއިޑަށްވެސް އެ އެޕް އަންނާނީ ފައްކާ ވަމުންނެވެ. އެންޑްރޮއިޑު ފޯނުތަކުން ނަގާ ފޮޓޯތަކުން މީގެ ކުރިން އިމްޕްރެސް ނުވިޔަސް އެންޑްރޮއިޑްގެ ފޭނުންގެ ލޮލަށް ދެން އަރާމުދޭނީ އިންސްޓާގްރާމުގެ ފޮޓޯތަކުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު