މަސް ހިފަން މޫދަށް ފޭބި ޒުވާނާ ފެނުނީ މަރުވެފައި އޮއްވައި

އައްޑޫ ސިޓީ ހިތަދޫ އިން މަސް ހިފަން ދިޔަ ދެ މީހުންގެ ތެރެއިން ގެއްލުނު މީހާ ވަނީ ކަނޑު އަޑިން ފެނިފަ ---

އައްޑޫ ސިޓީ ހިތަދޫއިން ފުރައިގެން މަސް ހިފަން ޑިންގީއެއްގައި ދިޔަ ތިން މީހުންގެ ތެރެއިން މޫދަށް ފޭބި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މަސް ހިފަން ދިޔަ ޑިންގީއަކުން މޫދަށް ފޭބި ދެ މީހުންގެ ތެރެއިން އެކަކު ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 11:32 ހާއިރު ކަމަށެވެ.

އެ މީހާއަކީ ސ. ހިތަދޫ ފެހިވިނަ، ތޮލާލް އަހްމަދު, 24 އެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މޫދު އަޑިން ފެނިފައިވާ ކަމަށާއި އޭނާއަށް ފަރުވާ ދޭން އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ހޮސްޕިޓަލުން "ސަން"އަށް ބުނީ 12:30 ހާއިރު އެމަޖެންސީގައި މީހަކު ހޮސްޕިޓަލަށް ގެނައި ކަމަށާއި އޭރު ވެސް އޭނާގެ ވިންދެއް ނެތް ކަމަށެވެ. އަދި އޭނާ މަރުވެފައިވާ ކަމަށް 1:05 ހާއިރު ޑޮކްޓަރު ނިންމާފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް