ޓީ20 ވޯލްޑްކަޕްގައި ޔޫއޭއީ އަތުން ސްރީލަންކާއަށް މޮޅެއް

އައިސީސީ ޓީ 20 ކްރިކެޓް މުބާރާތުގައި މިއަދު ސްރީލަންކާ ޔޫއޭއީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން--- ފޮޓޯ/ގެޓީ އިމޭޖް

މިހާރުކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑްކަޕް ގްރޫޕް ސްޓޭޖުގައި މިއަދު ސްރީލަންކާ އާއި ޔޫއޭއީ ބައްދަލުކުރި މެޗު ސްރީލަންކާ ކާމިޔާބުކޮށްފިއެވެ.

ސްރީލަންކާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗް، ލަންކާ ކާމިޔާބުކުރީ 79 ލަނޑުންނެވެ.

މެޗުގެ ގުރު ދިމާވުމުން ޔޫއޭއީ ގަސްތުކުރީ ހޮވުމަށެވެ. ސްރީލަންކާ ކުޅުނު 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 152 ލަނޑެވެ. ސްރީލަންކާ ޓީމުން އެންމެ މޮޅަށް ކުޅެ، އެންމެ ގިނަ ލަނޑު ހަދައި ދިނީ 74 ލަނޑު ހަދައިދިން ޕަތުން ނިސަންކާ އެވެ.

ދެވަނައަށް އެންމެ ގިނަ ލަނޑު ހަދައިދިން ކުޅުންތެރިޔަކީ 33 ލަނޑު ހަދައިދިން ދަނަންޖަޔާ ޑަ ސިލްވާއެވެ. ތިން ވަނައަށް އެންމެ ގިނަ ލަނޑު ހަދައިދިން ކުޅުންތެރިއަކީ 18 ލަނޑު ހެދި ކުސަލް މެންޑިސް އެވެ.

ޖަވާބުގައި ޔޫއޭއީ ކުޅެން އަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 73 ލަނޑެވެ. ޔޫއޭއީގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 19 ލަނޑު ހެދި އާޔަން އަފްޒަލް ޚާނެވެ. ދެވަނައަށް އެންމެ ގިނަ ލަނޑު ހެދީ 18 ލަނޑު ހެދި ޖުނައިދު ސިއްދީގެވެ.

އައިސީސީ ޓީ20 ކްރިކެޓް ވޯލްޑްކަޕްގައި ދެން ސްރީލަންކާ ނުކުންނާނީ އަންނަ ބްރާސްފަތި ދުވަހު ނެދަލެންޑްސްއާ ދެކޮޅަށެވެ. ޔޫއޭއީ ނުކުންނާނީ ނެމީބިއާއާ ދެކޮޅަށެވެ.

އެ މުބާރާތުގައި މާދަމާ ދެ މެޗެއް ކުޅުމަށް ވަނީ ތާވަލްކޮށްފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސޮކްޓްލޭންޑާއި އަޔަލެންޑެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ވެސްޓް އިންޑީސް އާއި ޒިމްބާބުވޭއެވެ.

comment ކޮމެންޓް