ހެއްޔާ މަކިޓާ މުބާރާތް: އެއް ވަނައަށް 50،000ރ. ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެއް

ހަމައެކަނި ދިވެހީންނަށް އަމާޒުކޮށްގެން ކުރިއަށް ދާ އެ މުބާރާތުގައި ބައިވެރި ކުރާތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހީންގެ ފަންނުވެރިކަން ދައްކާލުމަށް "ހެއްޔާ މަކިޓާ މުބާރާތް 2022" ނަމުގައި މުބާރާތެއް ބޭއްވުމަށް އެސްޓީއޯއިން ތައްޔާރުވެއްޖެއެވެ.

އެސްޓީއޯއިން ބުނީ އެ މުބާރާތަކީ ހެއްޔާ މަކިޓާ ޕުރޮމޯޝަނާ ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވެރި ކުރާ ތަކެތީގެ ވީޑިއޯއެއް ކޮންމެ މަސައްކަތްތެރިޔަކު ވެސް ހުށަހަޅަން ޖެހޭނެ ކަން އެ ކުންފުނިން ފާހަގަކުރެއެވެ.

އެ ކުންފުނިން ބުނީ ވަޑާމުގެ މަސައްކަތަކީ ދިވެހީން އިހުޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށް ވުމާއެކު ވާދަވެރި މާހައުލެއްގައި މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު، އެ މުބާރާތުން މަސައްކަތްތެރިންނަށް ލިބޭނެ ކަމަށެވެ.

"އެސްޓީއޯގެ މަގުސަދަކީ މިދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމުއުއަށް ނެރެދިނުން. އަދި ހަމަ އެހެންމެ އެފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުން،" އެސްޓީއޯއިން ބުންޏެވެ.

ހަމައެކަނި ދިވެހީންނަށް އަމާޒުކޮށްގެން ކުރިއަށް ދާ އެ މުބާރާތުގައި ބައިވެރިކުރާތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާންއެ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް މި މަހުގެ 23 ވާ އާދިއްތަ ދުވަހުގެ 22:00 ގެ ކުރިން ހުށަހަޅަންޖެހެއެވެ. ރަޖިސްޓްރޭޝަން ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމް އިން ލިބޭއިރު އެސްޓީއޯ ވެބްސައިޓުން ވެސް އެ ފޯމު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނީގެ އެއްވެސް މުވައްޒަފަކަށް އެ މުބާރާތުގައި ބައިވެރިނުވެވޭނެ ކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ ރަޖިސްޓްރޭޝަން ފޯމު، ވައިބާ (7980240)، އީމެއިލް ([email protected]) މެދުވެރިކޮށް އަދި އެސްޓީއޯ މަކިޓާ ޝޯރޫމް ކައުންޓަރަށް ހުށަހެޅޭނެއެވެ.

އެސްޓީއޯއިން ބުނީ އެ މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށަހެޅުމަށް އެއްމަސްދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އައިޓަމް އަދި ވީޑިއޯ އެސްޓީއޯ އަށް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ އަންނަ ނޮމެބްބަރު މަހުގެ 25 ވާ އަންގާރަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިންނެވެ.

ތައްޔާރު ކުރެވިފައިވާ ތަކެތީގެ ވީޑިއޯ އެސްޓީއޯގެ ފޭސްބުކް އަށް އަޕްލޯޑް ކުރާނީ އެސްޓީއޯއިން ކަން އެ ކުންފުނިން ފާހަގަކުރެއެވެ. ކޮންމެ ބައިވެރިއަކަށް ވެސް އެންމެ އައިޓަމެއް ބައިވެރި ކުރެވޭއިރު ވަނަ ހޮވުމުގައި ޖަޖުންގެ އިތުރުން އާންމުންގެ ތަރުހީބަށް ވެސް ބެލުމަށް ނިންމާފައިވެއެވެ. އެގޮތުން އާންމުންގެ ތަރުހީބު ބެލުމުގައި ފޭސްބުކް ލައިކްއަށް ބަލާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ހަމައެކަނި ދިވެހީންނަށް އަމާޒުކޮށްގެން ކުރިއަށް ދާ އެ މުބާރާތުގައި ބައިވެރި ކުރާތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އެ މުބާރާތުގައި ފަރުމާކުރެވިފައިވާ އައިޓަމަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ފަރުމާކޮށްފައިވާ އައިޓަމަކަށް ވާންޖެހޭއިރު އެހެން ފަރާތެއްގެ މަސައްކަތެއް މުބާރާތުގައި ބައިވެރި ކޮށްފައިވާކަން އެސްޓީއޯއަށް ސާބިތުވެއްޖެ ހިނދެއްގައި އެ އައިޓަމެއް މުބާރާތުން ވަކިކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އޭގެ ޒިންމާ، އެހުށަހެޅި ފަރާތުން ނަގަންޖެހޭނެ ކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މުބާރާތުން އެއް ވަނައަށް ދާ މީހަކަށް 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެއް ލިބެއެވެ. ދެ ވަނައަށް ހޮވޭ ފަރާތަކަށް 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެއް އަދި ތިން ވަނައަށް 15،000 ރުފިޔާގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރެއް ލިބޭނެއެވެ.

ހަމައެކަނި ދިވެހީންނަށް އަމާޒުކޮށްގެން ކުރިއަށް ދާ އެ މުބާރާތުގައި ބައިވެރި ކުރާތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެންނެވެ. އެސްޓީއޯ އިން ބުނީ މަކިޓާ ބްރޭންޑް އިޝްތިހާރު ކުރުމަށް، މުބާރާތުގައި ބޭނުން ކުރާ ވީޑިއޯތައް އެ ކުންފުނިން ބޭނުންކުރާނެ ކަމަށެވެ.

comment ކޮމެންޓް