އެސްޓީއޯއިން ރޭޑިއޯގްރާފީ އަށް މީހުން ތަމްރީން ކުރުމުގެ ކޯސްފަށައިފި

އެސްޓީއޯއިން ކުރިއަށް ގެންދާ ރޭޑިއޯގްރާފީ ކޯސް ކުރިއަށްދަނީ --- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯގެ ޚަރަދުގައި ރޭޑިއޯގްރާފީއަށް މީހުން ތަމްރީން ކުރުމުގެ ކޯސް ފަށައިފިއެވެ.

އެސްޓީއޯއިން ބުނެފައިވަނީ ރޭޑިއޯގްރަފީ ކޯހަށް ޝައުގުވެރިވެ 94 ކުދިން ކުރިމަތިލާފައި ވީނަމަވެސް ފުރަތަމަ ބެޗަށް ހޮވާފައިވަނީ ވަނީ 25 ކުދިން ކަމަށެވެ. މި ކޯސް ކުރިއަށްދަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ހަތަރު ވަނަ ފަންގިފިލާގައެވެ.

އެސްޓީއޯއިން ވަނީ ޑިޕްލޮމާ އިން ރޭޑިއޯގްރާފީ ކޯހަށް ހޮވުނު ކުދިންނަށް ކޯސް ފީ މުޅިން ހިލޭ ދިނުމަށް ނިންމައިފައެވެ. އެގޮތުން ކޮންމެ މަހަކު 2300 ރުފިޔާގެ ޕޮކެޓް މަނީ ލިބޭ އިރުގައި ކޯސް ކުރިއަށް ދާނީ ދެ އަހަރާ ހަ މަސް ދުވަހުގެ މުއްދަތަށެވެ.

ކެޕްޝަން..އެސްޓީއޯއިން ކުރިއަށް ގެންދާ ރޭޑިއޯގްރާފީ ކޯސް ފަށައިފި / ފޮޓޯ އެސްޓީއޯ

މީގެ އިތުރުން ދެ އަހަރުގެ ކިޔެވުމަށް ފަހު، ހަމަހުގެ އަމަލީ ތަޖުރިބާ ލިބުމަށް ދަރިވަރުން އިންޓާންޝިޕްއެއް ފުރިހަމަ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެސްޓީއޯއިން ބުނީ އެ އިންޓާންޝިޕް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލާއި ސެނަހިޔާ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގައި ކަމަށެވެ.

ރޭޑިއޯގްރާފީ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރިޑޭޓްކޮށްފައިވާ ކޯހެއްކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ހުރިހާ ދަރިވަރުންނަށް މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި "ރޭޑިއޯގްރަފާ" އެއްގެ ގޮތުގައި ރެޖިސްޓުރީ ކުރެވޭނެކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ރޭޑިއޯގްރާފީގެ އެންމެ މުހިއްމު ބޭނުމަކީ މީހާގެ އެތެރެހަށީގެ ގުނަވަތަކުގެ ހާލަތު ބަލައި, ހުރީ ކޮން ބައްޔެއްތޯ ދެނެގަތުމުގެ އިތުރުން އެންމެ އާންމުކޮށް ދިމާވާ ކަށިތަކުގެ އެކްސް-ރޭ, މީގެ އިތުރުން ރޭޑިއޯގްރާފީގައި ހިމެނޭނެ ހިތް, ސިކުނޑި, އަދި ތައިރޮއިޑް ފަދަ އެކި ގުނަވަންތަކުގައި ކެންސަރުގެ އަލާމާތެއް ހުރިތޯ ހޯދުމަށް ކުރާ ސްކޭންތަކަށް މީހުން ހޭލުންތެރިކުރުވުމެވެ.

އެސްޓީއޯއިން ބުނީ ޖީއީ ހެލްތްކެއާ ކުންފުންޏާ ގުޅިގެން ރާއްޖޭގައި މިފަދަ ކޯހެއް ތައާރަފްކޮށްފައި ވަނީ ރާއްޖޭގައި ހުރެގެން ރޭޑިއޯގްރަފާސްގެ ގޮތުގައި މީހުން ތަމްރީން ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކޯހެއްކަމަށެވެ.

comment ކޮމެންޓް