އޭބީސީ ކޮންސްޓްރަކްޝަންސް: އިތުބާރާއެކު 13 އަހަރު

އޭބީސީ ކޮންސްޓްރަކްޝަންސްގެ ލޯގޯ --

އަމިއްލަ ބިމެއްގައި އިމާރާތެއް ކުރަން ހަވާލުކުރަންވާނީ އިތުބާރު ހިފޭ ބަޔަކަށެވެ. މަސައްކަތުގެ ފެންވަރު ރަނގަޅު، ފަންނީ ތަޖުރިބާ ހުރި، އަދި ބޭނުންވާ ފަރުމާއަކަށް ބޭނުންވާ ގޮތަކަށް އިމާރާތްކުރުމުގެ ގާބިލުކަން ހުރި ބަޔަކަށެވެ.

މިއީ މާލޭގައި ހަލުވި މިނުގައި ކުރިއަރަމުން އަންނަ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ފަރާތުން ޚިދުމަތް ހޯދާ ފަރާތްތަކުން އެންމެ ބޭނުންވާނެ ކަންކަމެވެ. ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން، މެދުނުކެނޑި 13 އަހަރު މި ދާއިރާގައި ޚިދުމަތްކުރަމުން އަންނަ އޭބީސީ ކޮންސްޓްރަކްޝަންސް އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޭ ޔަގީން ކަމަކީ ވެސް އެއީއެވެ.

ފާއިތުވި 13 އަހަރު ދުވަހުގެ ތެރޭ ރަނގަޅު ފެންވަރުގައި އެތައް މަސައްކަތެއް ނިންމި އިރު އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފަސޭހަކަމާއެކު، މަސައްކަތުގެ ހުރިހާ މަރުހަލާއެއް ވެސް ނިންމާލާ ކަމެވެ.

އޭބީސީގެ ކަސްޓަމަރުންނަށް ލިބޭ އެންމެ ބޮޑު އެއް ފަސޭހައަކީ ބީއޯކިއު އަދި ލޯނަށް ބޭނުންވާ ލިޔެކިންތައް އަތުން އެއްވެސް ޚަރަދެއް ނުގޮސް ހުރިހާ މަސައްކަތެއް އެ ކުންފުނިން ކޮއްދޭ ކަމެވެ. އަދި ފައިސާ ދެއްކުމުގައި ވެސް ފަސޭހަ ގޮތެއް އެ ކުންފުނިން ހަމަޖައްސައިދީފައިވެއެވެ.

އެގޮތުން އޭބީސީގެ ކްލައިންޓުން އަތުން އެޑުވާންސްކޮށް ފައިސާއެއް ނުނަގާނެއެވެ. ފައިސާ ނަގަނީ މަސައްކަތް ނިމެމުންދާ ވަރަކުން، ބައިބަޔަށް ވަކިންނެވެ.

"މިސާލަކަށް، އަޅުގަނޑުމެން ފައުންޑޭޝަން ނިމުނީމައި، ފައުންޑޭޝަނަށް ލާރި ނަގާނީ. ޝީޓެއް ނިމުނީމަ އެ ޝީޓަށް ވާ ލާރި ނަގާނީ،" އޭބީސީގެ ޑިރެކްޓަރު އަހުމަދު ނިޔާޒް ވިދާޅުވިއެވެ.

އޭބީސީ ކޮންސްޓްރަކްޝަނުން އިމާރާތްކޮށްފައިވާ އެޕާޓްމަންޓެއް ----

އެ ކުންފުނީގެ ފެންވަރު ރަނގަޅު މަސައްކަތްތަކުގެ ތެރެއިން އާންމުންގެ ގިނަ ބަޔަކަށް ފެނި، ތަޖުރިބާ ކުރެވިފައިވާނެ އެއް އިމާރާތަކީ އޭޑީކޭގެ ދެވަނަ ފިޔަވަހީގެ 11 ބުރީގެ އިމާރާތެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ އޭބީސީ ކޮންސްޓްރަކްޝަންސްއަކީ އެ ހޮސްޕިޓަލުގެ ވަރަށް ގިނަ މަސައްކަތްތައް، ބޭނުންވާ ގޮތަށް ކޮށްދީފައިވާ ކުންފުންޏެއް ކަމަށެވެ.

"ވަރަށް ފްލެކްސިބަލްކޮށް މަސައްކަތް ކުރެވޭ އޭބީސީއާ އެކުގައި. މާލޭގައި މި ވަގުތު ހުރި ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ތެރެއިން އެންމެ އިތުބާރު ބޮޑު އެއް ކުންފުނި އެއީ،" އައްފާލް ވިދާޅުވިއެވެ.

އޭބީސީ ކޮންސްޓްރަކްޝަންސްއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ މެއިލް [email protected] އަށް މެއިލް ކުރުމުން ނުވަތަ 3003636، 7993636، 7962013، 7973636އަށް ގުޅުމުން ލިބޭނެއެވެ. އަދި އެ ކުންފުނީގެ ފޭސްބުކް ޕޭޖާއި އިންސްޓަގްރާމް ޕޭޖުން ވެސް އިތުރު މައުލޫމާތު ލިބެން ހުންނާނެއެވެ.

comment ކޮމެންޓް