އެޗްޑީސީން ބިޒްނަސް އެކްސްޕޯގައި ޚިދުމަތްތައް ދައްކާލަނީ

އެޗްޑީސީ ހިންގަމުން އަންނަ އިމާރާތް ---

މިއަދު ފެށުމަށް ހަމަޖެހިފައިވާ ބިޒްނަސް އެކްސްޕޯގައި އެޗްޑީސީން އެ ކުންފުނީގެ އެކި ޚިދުމަތްތައް ދައްކާލުމަށް ނިންމައިފިއެވެ.

އެޗްޑީސީން ބުނީ އެ އެކްސްޕޯގައި އެ ކުންފުނީގެ ބިޑް ސަބްމިޝަން ޕޯޓަލްގައި ވިޔަފާރިތައް ރަޖިސްޓްރީ ވާނެ ގޮތުގެ މައުލޫމާތާއި، އޮންލައިންކޮށް ބިޑަށް ހުށަހަޅާ ގޮތުގެ މައުލޫމާތު ފޯރުކޮށް ދޭނެ ކަމަށެވެ.

މީގެ އިތުރުން، އެ ކުންފުނީގެ އާބަން ހައިޕް މެދުވެރިކޮށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިސްތިހާރު ބަހައްޓަން ބޭނުންވާ ވިޔަފާރިތަކަށް އެކަމާ ގުޅޭ މައުލޫމާތު ލިބޭނެއެވެ. މި ހިދުމަތުގެ ދަށުން އިސްތިހާރު ބެހެއްޓޭނެ ތަންތަނުގެ ތެރޭގައި ބިލްބޯޑް، ބަސް ސްޓޮޕް ޕެނަލް، ލައިޓް ޕޯލް ބެނާ އަދި ޑިޖިޓަލް ސައިނޭޖް ހިމެނެއެވެ.

ބިޒްނަސް އެކްސްޕޯގައި އެ ކުންފުނީގެ ސްޓޯލަކީ ރަންނަބަނޑޭރި މާލަމުގެ 12އޭ އެވެ.

މީގެ އިތުރުން، މި އެކްސްޕޯއާއެކު ކުރިއަށްދާ މޯލްޑިވްސް މާކެޓިއާސް ފޯރަމްގައި އެކުންފުނީގެ މާކެޓިންގް އެންޑް ސޭލްސް ޑިރެކްޓަރ ނިއުޝާދު ޝަރީފް ކޮންޓެންޓް ކްރިއޭޝަންއާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މޯލްޑިވްސް ވިމެން ފޯރަމުގެ ޕެނަލިސްޓެއްގެ ގޮތުގައި އެޗްޑީސީގެ ޓެލެންޓް ޑިވެލޮޕްމަންޓްގެ އެސިސްޓްންޓް ޑިރެކްޓަރ އައިޝަތު ނިހާ ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް