އުއްމީދީ ޓެނިސް ކުޅުންތެރިޔާ އާރާއަށް ތައިލެންޑް މުބާރާތެއްގެ ޗެމްޕިއަންކަން ލިބިއްޖެ

ތައިލެންޑްގައި ކުރިއަށްދިޔަ އޭޝިއަން ޓެނިސް ފެޑަރޭޝަން (އޭޓީއެފް) މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެނުންގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަން ރާއްޖޭގެ އުއްމީދީ ޓެނިސް ކުޅުންތެރިޔާ އާރާ އާސަލް އާޒިމް (ވ)

ތައިލެންޑްގައި ކުރިއަށްދިޔަ އޭޝިއަން ޓެނިސް ފެޑަރޭޝަން (އޭޓީއެފް) މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެނުންގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަން ރާއްޖޭގެ އުއްމީދީ ޓެނިސް ކުޅުންތެރިޔާ އާރާ އާސަލް އާޒިމަށް ލިބިއްޖެއެވެ.

އޭޓީއެފް މުބާރާތުގެ 14 އަހަރުން ދަށުގެ ބައިގައި އާރާ އާއެކު ކުޅެފައިވަނީ ފިލިޕީންސްގެ ޖަނާ ޑިއާޒްއެވެ. އާރާ ވަނީ 14 އަހަރުން ދަށުގެ ސީ ޓޫ ސިކްސްގެ ކެޓަގަރީގެ ސިންގަލްސް ބައިން ބްރޯންޒް މެޑަލްވެސް ހޯދާފައެވެ.

ތައިލެންޑްގެ ކޯ ޓެނިސް އެކަޑަމީން ތަމުރީނުތައް ހަދަމުން އަންނަ އާރާ މިހާރު އޮތީ އޭޓީއެފް ޖޫނިއާ ރޭންކިންގެ 14 އަހަރުން ދަށުގެ 17 ވަނައިގައެވެ. އޭނާ ވަނީ މިއަހަރުގެ ތެރޭގައިވެސް އޭޓީއެފް ޖޫނިއާ މުބާރާތްތަކުން އެދެވޭފަދަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މިގޮތުން ހުސްވި ސެޕްޓެމްބަރު މަހު ބޭއްވި އޭޓީއެފް ޓެނިސް މުބާރާތުގެ ޑަބަލްސް ބައިން ރިހިމެޑަލް ހޯދިއިރު، ސިންގަލްސް ބައިން ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ.

ޓެނިހުގައި އާރާ އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. މިގޮތުން މިއަހަރުގެ ޖޫންމަހު ބޭއްވި މޭރީ ބުރައުން ޓެނިސް މުބާރާތުގެ ތިން ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދިއިރު، އާރާ ވަނީ ސަރަހައްދީ ޤައުމުތަކުގެ މުބާރާތްތަކުގައި ކުޅެ ރަން ވަނަތަކެއް ހޯދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް