ކަސްޓަމުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ އޫރުމަހާއި ބަނގުރާ ނައްތާލައިފި

ފުލުހުން މީގެ ކުރިން ނައްތާލައިފައިވާ ބަނގުރާ ފުޅިތަކެއް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ތަފާތު އެކި މައްސަލަތަކުގައި ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ އޫރުމަހާއި ބަނގުރާ ތިފުށީގައި އިއްޔެ ނައްތާލައިފިއެވެ.

ނައްތާލި ތަކެއްޗަކީ 1285.82 ކިލޯގެ އޫރުމަހާއި 1055 ފުޅި ބަނގުރަލާ އަދި ބަނގުރަލާއި ބިޔަރު އިޝްތިހާރުކުރުމަށް ބޭނުންކުރާ 810 އާލާތެވެ.

އެ ތަކެއްޗަކީ ކަސްޓަމްގެ އާއްމު ގަވާއިދުގެ 269 ވަނަ މާއްދައިގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަވާލުކުރުމަށް ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އެނޫން ސަބަބަކާހުރެ، ހިފަހައްޓާ ތަކެތި ނައްތާލުމަށް ކަސްޓަމުން ޢަމަލު އުސޫލުގެ ދަށުންނެވެ.

އިމްޕޯޓްކުރުމުގެ ގާނޫނާއި ގަވައިދުތަކާ ޚިލާފަށް އެތެރެކުރާ ތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާ ތަކެތި ކަސްޓަމުން ހިފެހެއްޓުމަށްފަހު އަންނަނީ ނައްތާލަމުންނެވެ.

comment ކޮމެންޓް