ފުލުހަކަށް އިންޒާރުދިން މައްސަލައިގައި މީހަކު ހޯދަނީ

ފުލުހުންނަށް އިންޒާރުދިން މައްސަލައިގައި ހޯދާ އަޛުހާން

މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރުދިން މައްސަލައިގައި މީހަކު ހޯދަން މިއަދު ފުލުހުން އިއުލާނުކޮށްފިއެވެ.

އެ މައްސަލައިގައި ހޯދަން އިއުލާނުކޮށްފައިވަނީ 31 އަހަރުގެ ކ. މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399 މުހައްމަދު އަޒުހާން އިސްމާއީލެވެ.

އެހެންކަމުން އަޒުހާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ފުލުހުންނަށް އަނިޔާކޮށް އިންޒާރު ދިނުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އާންމުވެފައެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުނާމެދު ހަރުކަށި ފިޔަވަޅުތައް ވެސް ފުލުހުން ދަނީ އަޅަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް