އާސެނަލް އަތުން ޓޮޓެންހަމަށް ސަލާމަތެއް ނުވެވުނު

އާސެނަލްގެ ގެބްރިއަލް އަތުން ބޯޅަ ހޯދުމަށް ޓޮޓެންހަމުގެ ޕިއޭރޭ މަސައްކަތްކުރަނީ--- ފޮޓޯ/ގެޓީ އިމޭޖް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާ އާއި އާސެނަލް ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓެޑިއަމުގައި ކުޅުނު މިމެޗު އާސެނަލް ކާމިޔާބުކުރީ 1-3 އިންނެވެ. މެޗުގައި އާސެނަލަށް ގޯލް ހުޅުވާލަދިނީ 20 ވަނަ މިނެޓްތެރޭގައި ތޯމަސް ޕަޓޭއެވެ. ޕަޓޭ ލަނޑެއް ޖަހައި އާސެނަލަށް ލީޑު ނައިދީފައިވަނިކޮށް ޓޮޓެންހަމު ވަނީ 31 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެކެއް އެކަކަށް ބަދަލުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ހަރީ ކޭންއެވެ.

މެޗުގައި ދެވަނަ ފަހަރަށް އާސެނަލަށް ލިޑު ނަގައިދިނީ 49 ވަނަ މިނެޓް ތެރޭގައި ގެބުރިއަލް ޖީސަސައެވެ. އާސެނަލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒަކާއެވެ. މެޗުގައި ޓޮޓެންހަމުގެ އެމަސަންއަށް 62 ވަނަ މިނެޓް ތެރޭގައި ދެއްކި ރަތްކާޑުގެ ސަބަބުން މެޗުގެ ފަހުބައި އެޓީމު ކުޅުނީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޓޮޓެންހަމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މެޗުން ބަލިވުމުން ރެފްރީ ގޯސްނުކުރާ ކަމަށާއި، ނަމަވެސް މެޗުގެ އޮއިވަރު މުޅިން ބަދަލުވީ އެމަސަން އަށް ދެއްކި ރަތްކާޑަށްފަހުއެވެ.

މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އަޓޭޓާ ބުނީ، މިއަދުގެ މެޗުގައި އާސެނަލް ކުޅުންތެރިން ދެއްކި ކުޅުން ވަރަށް ރަނގަޅުކަމަށާއި، ޓޮޓެންހަމް ކައިރީ ކުޅެގެން މިފަދަ ނަތީޖާއެއް ނެރުމަށް ފަސޭހަ ނުވާނޭކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ކްރިސްޓަލް ޕެލަސް އާއި ޗެލްސީ ބައްދަލުކުރިމެޗުން ޗެލްސީ މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ. ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރިމެޗު، ކުރިން ހީކުރިގޮތާއި ހިލާފަށް ނިމުނީ 3-3 ގެ ނަތީޖައަކުން ދެޓީމު އެއްވަރުވެގެންނެވެ.

comment ކޮމެންޓް