ހުޅުމާލެއަކީ އުޅެން ފަސޭހަތަނަކަށް ހެދުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއެކު ހާއްސަ ހަރަކާތެއް

އިންކްލޫސިވް ކޮމިއުނިޓީ އިން ހުޅުމާލޭ އިނީޝިއޭޓިވްގެ ދަށުން އެޗްޑީސީން ބޭއްވި ހަރަކާތް --- ފޮޓޯ/ އެޗްޑީސީ

ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދާ، އިންކްލޫސިވް ކޮމިއުނިޓީ އިން ހުޅުމާލޭ އިނީޝިއޭޓިވްގެ ދަށުން، ޑެފް އެސޯސިއޭޝަން އަދި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

ބަައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހަފްތާއާ ގުޅުވައިގެން އިއްޔެ ބޭއްވި މި ހަރަކާތުގައި އެޗް.ޑީ.ސީގެ މެނޭޖިންގެ ޑިރެކްޓަރ އަހުމަދު އާތިފްގެ އިތުރުން އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ހުޅުމާލޭގެ ތަރައްޤީއަށް އެޗް.ޑީ.ސީގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އާއި ކުރިއަށް ރޭވިފައި ހުރި މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމުގައި މިފަދަ އެސޯސިއޭޝަންތަކުގެ ބައިވެރިވުން އިތުރު ކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ.

އިންކްލޫސިވް ކޮމިއުނިޓީ އިން ހުޅުމާލޭ އިނީޝިއޭޓިވްގެ ދަށުން އެޗްޑީސީން ބޭއްވި ހަރަކާތް --- ފޮޓޯ/ އެޗްޑީސީ

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވަނީ ހުޅުމާލެއަކީ އެންމެނަށް ދިރިއުޅެން ފަސޭހަ، ހިތްގައިމު ތަނަކަށް ހެދުމަށް އެ ކުންފުނިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިންކްލޫސިވް ކޮމިއުނިޓީ އިން ހުޅުމާލޭ އިނީޝިއޭޓިވްގެ ދަށުން މީގެ އިތުރުން ވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

comment ކޮމެންޓް